ޕީއެންއެފްއިން 2،500 މެންބަރުން ވަކިކުރި ކަމުގެ ތުހުމަތާއެކު ޝަކީލުގެ މައްސަލަ ފުލުހަށް

ޕީއެންއެފްއިން އީސީގެ ރައީސް ޝަކީލްގެ މައްސަލަ ފުލުހަށް ހުށަހެޅުން -- ފޮޓޯ: އަދަދު

ޕީއެންއެފްއިން އީސީގެ ރައީސް ޝަކީލްގެ މައްސަލަ ފުލުހަށް ހުށަހެޅުން -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން 2،500 އެއްހާ މެންބަރުން ވަކިކޮށްފައިވާކަމުގެ ތުހުމަތާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް ހުށަހަޅައިފި އެވެ. 

މި މައްސަލަ ފުލުހަށް ހުށަހެޅުއްވުމަށްފަހު ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕީއެންއެފް އިން ވަކިކުރި 2،500 މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަކިކުރީ ވަޒީފާގެ ބިރުދައްކައިގެންނާއި މެންބަރުންނަށް ނޭނގި ކަމަށެވެ. 

ސިޔާސީ ޕާޓީތަކުގެ ދަފްތަރު މުޅިން އޮޅުވާލެވިފައިވާ ކަމަށް ތުހުމަތުކުރައްވައި މަލީހު ވިދާޅުވީ ޕީއެންއެފްގެ ރަޖިސްޓްރީގައި ތިބި މެންބަރުން ތާރީހު އޮޅުވާލައިގެން ޕީއެންސީގައި ރަޖިސްޓްރީ ކުރަމުންދާ ކަމަށެވެ. 

"މިހާތަނަށް އެނގޭތޯ. 2،500 މީހުން ޕީއެންއެފް އިން ވަކިކޮށްފައި އެބަވޭ. 2،500 މީހުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް އަޅުގަނޑުމެން ގުޅީ. ގުޅީމަ އޭގެތެރެއިން ވަރަށް ގިނަ ބޭފުޅުން ވިދާޅުވީ ވަޒީފާގެ ބިރުދައްކައިގެންނޭ ތިމަންނަ ވަކިކުރީ. އެކެއް.  ދެެވަނަ ކަމަކީ އަނެއް ބޭފުޅުން ވިދާޅުވީ ތިމަންނަމެންނަށް އެނގުމަކާ ނުލައޭ ވަކިކޮށްފައިވަނީ،" މަލީހު ވިދާޅުވި އެވެ. 

"ތިންވަނަ ކެޓަގަރީ އެންމެ ގޯސްކޮށް މިވަނީ. ދެން އަޅުގަނޑުމެން ބަލައިލިއިރު މިވާ ގޮތަކީ ބައެއް ބޭފުޅުން އެނގުމަކާ ނުލައި ވަކިކޮށްފައި މި ބޭފުޅުން ވައްދާފައި ހުރީ ޕީއެންސީއަށް. މިސާލަކަށް 2023 ވަނަ އަހަރު ޕީއެންއެފްގައި އޮތް މީހަކު 2019 ވަނަ އަހަރު މިއޮތީ ޕީއެންސީއަށް ވައްދާފައި. އޭގެ މާނައަކީ އިލެކްޝަންސް ކޮމިޝަންގެ ޑޭޓާ ބޭސް، ދަފްތަރު މިވަނީ މުޅިން އޮޅުވާލެވިފައޭ. އޭގެ ސައްހަ ކަމެއް ނެތޭ."

އީސީގެ ޑޭޓާ ބޭސްގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ ޕީއެންއެފް އިން ހުށަހެޅި މައްސަލައިގައި ވަނީ ޑޭޓާ ބޭސްގެ ފޮރެންސިކް އޮޑިޓެއް ހައިދިނުމަށް އެދިފަ އެވެ. 

މީގެއިތުރުން މި މައްސަލަ ތަހުގީގުނުކޮށް ރައްޔިތުންގެ ޓެކްސް ފައިސާއިން ޕީއެންސީއަށް ފައިސާ ދޫކޮށްގެން ނުވާނެ ކަމަށްވެސް މަލީ ވަނީ ގޮވާލައްވާފަ އެވެ.

މަލީހުގެ މި ތުހުމަތުތަކާ ގުޅިގެން، 'އަދަދު' ނޫހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން، މީހަކަށް ނޭނގި އެހެން މީހަކު ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި އަދި ވަކިވެސް ނުކުރެވޭނެ ކަމަށެވެ.

ޕީއެންސީއަށް ވަގަށް މެންބަރުން ވައްދާފައިވާ ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައިވާއިރު، އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox