ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ސެމީ ފައިނަލުން ފުރުސަތު ހޯދައި އާމިން މިފަހަރުވެސް މެޑަލް ޔަގީންކޮށްފި

އިއްޔެގެ ހީޓަށް ފަހު އާމިން ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެގެ ހީޓަށް ފަހު އާމިން ރާއްޖޭގެ ދިދަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގެ ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ އާމިން އުމަރު މޫސާ ޖާގަ ހޯދައިފި އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުންނާއިއެކު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގައި މިއަހަރުވެސް ހަތަރު ކެޓަގަރީއެއް ކުރިއަށްދާއިރު އެންމެ ފޯރިގަދަ އެއް ބައިގެ ގޮތުގައި ފާހަގަވަނީ ފިރިހެން ކުދިންގެ ޖޫނިއާ ބަޔެވެ.

ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި އާމިން ވަނީ ޕޯޗުގަލްގެ އެޑުއާޑޯ މަކޭޑޯ ބަލިކޮށްފަ އެވެ. މި ހީޓުގައި އާމިން 11.75ގެ ސްކޯއެއް ހޯދިއިރު، މަކޭޑޯ އަށް ލިބުނީ 10.25ގެ ސްކޯއެކެވެ.

ސެމީ ފައިނަލުގައި އާމިން ނުކުންނާނީ މިދިޔަ އަހަރުގެ ޖޫނިއާ ވޯލްޑް ޗެމްޕިއަން ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒްއާ ދެކޮޅަށެވެ. ޚޯރްހޭ ވަނީ ކުއާޓާ ފައިނަލް ހީޓުގައި އޮސްޓްރޭލިއާގެ ރްޔާން ހިލް ސްމިތު ބަލިކޮށްފަ އެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލް ފަހު ހީޓުގައި ވާދަކުރާނީ ސައުތު އެފްރީކާގެ ހޫގޯ ނައުޑޭ އާއި ބްރެޒިލްގެ ގުއިލާމޭ މޮންޓެނީގްރޯ އެވެ. ހޫގޯ ވަނީ ކުއާޓާ ފައިނަލުގައި ސްޕެއިންގެ އެލެގްޒަންޑާ މޮންޓޭސް ބަލިކޮށްފަ އެވެ. ގުއިލާމޭ ވަނީ ކުއާޓާގައި ސްޕެއިންގެ ގަޑިއެލް ރުއާނޯ ބަލިކޮށްފަ އެވެ.

މުބާރާތުގެ އެހެން އިވެންޓުތަކަށް ބަލާއިރު އެންމެ ފޯރިގަދަ އަދި ވާދަވެރި ޑިވިޝަން ކަމަށްވާ ފިރިހެން ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދީ ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒް އާއި ހަވައީގެ ޓެނާ މެކްޑެނިއެލްގެ އިތުރުން ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓޭސް (ޕީއެލްސީ) އާއި އީތަން ކެޕިޑެވިޔާ އެވެ.

މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ސެމީ ފައިނަލުންވެސް ޖާގަ ހޯދާފައިވާ ޚޯރްހޭ ފިރިހެން ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފްރާންސްގެ މެކްސިމް ކެސްޓިއޯ ބަލިކޮށްގެންނެވެ. ކުއާޓާ ފައިނަލުގެ ކުރިން ހޯރްހޭ ވަނީ ހަވަނަ ބުރުގައި ޗިލީގެ ރޮޑްރިގޯ ސިލްވާ ބަލިކޮށްފަ އެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޓެނާ ސެމީއާ ހަމައަށް އައީ ވަރަށް ވާދަވެރި ހީޓުތަކަކަށްފަހުގަ އެވެ. މިގޮތުން ހަވަނަ ބުރުގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ފްރާންސްގެ އަމައުރީ ލެވާންގެ މައްޗަށް 12.85ގެ ސްކޯއަކުން ކުރި ހޯދައިގެންނެވެ. އަމައުރީ އަށް ހޯދުނީ 11.50ގެ ސްކޯ އެކެވެ. ކުއާޓާ ފައިނަލުގައި ޓެނާ ވަނީ ބްރެޒިލްގެ ޔޫރީ ވަލަޑާއޯ ވެސް ވާދަވެރި ހީޓެއްގައި ބަލިކޮށްފަ އެވެ. މިގޮތުން ޓެނާ 12.25 ގެ ސްކޯއެއް ހޯދިއިރު، ޔޫރީ އަށް ލިބުނީ 11.75ގެ ސްކޯއެކެވެ.

ދުނިޔޭގެ ކުރީގެ ޗެމްޕިއަން ޕީއެލްސީ ސެމީ ފައިނަލުން ޖާގަ ހޯދީ ހަ ވަނަ ބުރުގައި ފަބިއަން ތަޒާ ބަލިކޮށް ކުއާޓާ ފައިނަލުގައި ބްރެޒިލްގެ ގެބްރިއެލް ބްރާގާ ބަލިކޮށްގެންނެވެ. ކުއާޓާގެ ހީޓު ޕީއެލްސީ ކާމިޔާބުކުރީ 0.50ގެ ތަފާތަކުންނެވެ. 13.00ގެ ސްކޯއެއް ޕީއެލްސީއަށް މި ހީޓުގައި ލިބުނުއިރު، ގެބްރިއެލް އަށް ލިބުނީ 12.50ގެ ސްކޯއެކެވެ.

ސެމީގެ ފަހު ޖާގަ ހޯދި ފްރާންސްގެ އީތަން ވަނީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ފެނުނު ފްރާންސްގެ ޒިގީ ކެވިއާގެ މައްޗަށް ކުރި ހޯދާފަ އެވެ. 15.25ގެ ސްކޯއެއް އީތަން ހޯދިއިރު، ޒިގީ އަށް ލިބުނީ 13.30ގެ ސްކޯއެކެވެ. ޒިގީ ވަނީ ފިރިހެން އޯޕަން ބައިގެ ހަވަނަ ބުރުގައި މިދިޔަ އަހަރުގެ ޗެމްޕިއަންކަން ޑޭވިޑް ހަބާޑް ވާދަވެރި ހީޓުގައި ބަލިކޮށްފަ އެވެ. މި ހީޓުގައި ޒިގީ 14.00ގެ ސްކޯއެއް ހޯދިއިރު، ޑޭވިޑް އަށް ލިބުނީ 13.50ގެ ސްކޯ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox