ވިޒިޓް މޯލްޑިވްސް ޕްރޯ: އިޔަން، ޖޫނިއާ ކެޓަގަރީގެ ދެ ވަނަ ބުރަށް

މިއަދުގެ އިވެންޓަށް ފަހު އިޔަން: އޭނާ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މިއަދުގެ އިވެންޓަށް ފަހު އިޔަން: އޭނާ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ވަނަ އަހަރުގެ ބޮޑީބޯޑިންގް މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ދެ ވަނަ ބުރުން ރާއްޖޭގެ އިޔަން އަހުމަދު ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ރައުންޑްތައް މިއަދު ކުރިއަށްދާއިރު, ރާއްޖެއިން ދެވަނަ ބުރަށް ދަތުރުކުރީ އިޔަން އެކަންޏެވެ.

އިޔަން ދެވަނަ ބުރަށް ދަތުރުކުރީ ރައުންޑް 1، ހީޓް ހައެއްގައި ވާދަކޮށް ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. މި ހީޓުގައި އިޔަންއާ އެކު ދެން ވާދަކުރީ ހީޓްގެ އެއް ވަނަ ހޯދި ޕޯޗުގަލްގެ ފެޑްރީކޯ ކާސްޓެލޯ ބްރާންކޯ އާއި, ސްޕެއިންގެ ކެވިން ޕެރޭޒް އެވެ.

ހީޓްގެ އެއް ވަނަ ހޯދި ފެޑްރީކޯ އަށް 11.05 ގެ ސްކޯއެއް ލިބުނުއިރު, ދެ ވަނަ އަށް ދިޔަ އިޔަން އަށް ލިބުނީ 8.05 ގެ ސްކޯ އެކެވެ. އަދި ތިން ވަނަ އަށްދިޔަ ކެވިން އަށް ލިބުނީ 7.45 ގެ ސްކޯ އެކެވެ.

"އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން އިޔަން ބުނީ ހީޓު ކުރިއަށްދިޔައިރު ހެދުނު ބެރަލް ރޯލާ އެކު، ދެ ވަނަ ބުރަށް ދިޔުމުގެ އުންމީދުއާވި ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތުގައި ޕޯޑިއަމް ފިނިޝް އަކަށް މަސައްކަތް ކުރާނެ ކަމަށް އިޔަން ބުންޏެވެ.

"ޕޯޑިއަމް ފިނިޝެއް ބޭނުންވަނީ، އެއީ ގަދަ ހަތަރެއް،" އިޔަން ބުންޏެވެ.

އިޔަންގެ ހީޓު ބައްލަވާލަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް, ފަޒްނާ އަހުމަދު ވަޑައިގެންނެވި އެވެ.

ހީޓަށް ފަހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް, ވިދާޅުވީ, ރާއްޖޭގެ އެތުލީޓުންނަށް ފުރިހަމަ ކާމިޔާބީ އަށް އެދޭ ކަމަށެވެ. އަދި މޫދު ކުޅިވަރުތައް ކުރިއެރުވުން އެއީ އޭގެ ސަބަބުން ރާއްޖެ އަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ, ބޮޑީބޯޑިން އާއިލާއަށް ފުރުސަތުތައް ހޯދައިދޭން އަދިވެސް އެ މަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށާއި, ބޮޑީބޯޑިން އަށް ހެދުނު ޕްލޭންތަކާ އެއްގޮތައް މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox