ވިޒިޓް މޯލްޑިވްސް ޕްރޯ 2024: އާމިން، ޝާމް އަދި ނަޒްމީން ދެ ވަނަ ބުރަށް

Aug 3, 2024, 8:32 AM
މިއަދުގެ ފުރަތަމަ ބުރުގެ ހީޓު ނިންމާލުމަށް ފަހު، އާމިން ބެންޗުގައި އިށީނދެލައިގެން.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މިއަދުގެ ފުރަތަމަ ބުރުގެ ހީޓު ނިންމާލުމަށް ފަހު، އާމިން ބެންޗުގައި އިށީނދެލައިގެން.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މާލޭ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2024ގެ މެންސް ކެޓަގަރީގެ ދެ ވަނަ ބުރުން ރާއްޖޭގެ އާމިން އުމަރު މޫސާ، ޝާމް ރާފިއު އަދި އަހުމަދު ނަޒްމީން ފުރުސަތު ހޯދައިފި އެވެ.

އެންމެ ފުރަތަމަ ދެ ވަނަ ބުރުގެ ޖާގަ ހޯދީ ނަޒްމީން އެވެ. އޭނާ ވަނީ ހީޓު ހަތަރެއްގައި ވާދަކޮށް ދެ ވަނަ ހޯދައިފަ އެވެ. ހީޓުގެ އެއް ވަނައިގައި ނިންމި، ޕޯޗުގަލްގެ ފްރެޑެރީކޯ ކަސްޓެލޯ ބްރާންކޯ، 11.15 ޕޮއިންޓް ސްކޯކުރިއިރު، ދެ ވަނަ އަށް ދިޔަ ނަޒްމީންގެ ސްކޯ އަކީ 6.4 ޕޮއިންޓެވެ. ދެން، މި ހީޓުގައި ވާދަކުރި، މޮރޮކޯގެ ޒިދާން އަލް ހަކީމީ 6 ޕޮއިންޓް ސްކޯކުރިއިރު، މޮރޮކޯގެ ބްރަކްމީ ތޯރިގުގެ ސްކޯ އަކީ ފަސް ޕޮއިންޓެވެ.

ހީޓު ފަހެއްގައި ވާދަކުރި އާމިން ވަނީ، އެއް ވަނަ ހޯދި ޖޯޖް ހެނާންޑޭޒް ފަހަތުން، 10.9 ޕޮއިންޓް ސްކޯކޮށްފަ އެވެ. ޖޯޖް ހެނާންޑޭޒްގެ ސްކޯ އަކީ، 13.5 ޕޮއިންޓެވެ. ދެން، މި ހީޓުގައި ވާދަކުރި، މޮރޮކޯގެ އަބްދީ މުހައްމަދު އަށް 9.25 ޕޮއިންޓް ލިބުނުއިރު، ރާއްޖޭގެ ދާއޫދު ފަޒީހު ވަނީ 4.6 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ރާއްޖޭގެ ބޮޑީބޯޑަރު، ޝާމް ވެސް ދެ ވަނަ ބުރަށް ދަތުރުކުރީ ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އެ ގޮތުން، ހީޓު އަށެއްގެ އެއް ވަނަ ހޯދި، މޮރޮކޯގެ ސާމީ ލާބީ އަށް 10.75 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި ޝާމް އަށް ލިބުނީ، 9.1 ޕޮއިންޓެވެ، ތިން ވަނަ ހޯދި ރާއްޖޭގެ މުހައްމަދު ކައިފް އަށް 7.3 ޕޮއިންޓް ލިބުނުއިރު، މި ހީޓުގެ ފުލަށް ދިޔަ، އާވިން ކްލޮއަރެކް އަށް ލިބުނީ، 6.1 ޕޮއިންޓެވެ.

ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން (ކުޑަ އައްޔަ) ދިޔައީ ވާދަކުރި ހީޓުގެ ތިން ވަނަ އެވެ. އެ ގޮތުން، ކުޑައައްޔަ އަށް ވުރެ ކުރިން ނިންމި، ޖޯލް ރޮޑްރިގޭޒް އަށް 11.25 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި ވެެނެޒުއޭލާގެ އެޑްވިން އަލްޑާނާ އަށް 9.75 ޕޮއިންޓް ލިބުނުއިރު، ކުޑައައްޔަގެ ސްކޯ އަކީ، 8.15 ޕޮއިންޓެވެ. މި ހީޓުގައި ވާދަކުރި ރާއްޖޭގެ، ނޫހު މުހައްމަދު އިރުޝާދު އަށް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ.

ރާއްޖޭގެ ބޮޑީބޯޑަރު، އަލީ ޖާވިދު (ޖާއްޓެ) ދިޔައީ، ހީޓު ތިނެއްގައި ވާދަކޮށް، ހަތަރު ވަނަ އެވެ. މި ހީޓުގެ އެއް ވަނަ ހޯދީ، 10.8 ޕޮއިންޓް ސްކޯކުރި، މޮރޮކޯގެ ޔާސީން އަލްގަޒާލް އެވެ. ދެ ވަނަ އަށް ދިޔަ، ސްޕެއިންގެ އީތަން ޕެރޭޒް އަށް 10.75 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި، އެމެރިކާގެ ޑްރޭކް ކިންގަމް އަށް 9 ޕޮއިންޓް ވަނީ ލިބިފަ އެެވެ. ޖާއްޓެގެ ސްކޯ އަކީ، 8.05 ޕޮއިންޓެވެ.

މިއީ، ވިޒިޓް މޯލްޑިވްސް ޕްރޯ ބާއްވާ ތިން ވަނަ ފަހަރެވެ. މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި، މުޅި އެއްކޮށް، 14 ގައުމަކުން 86 އެތުލީޓުން ވާދަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox