ސާފިން އާއި ބޮޑީބޯޑިން އެރީނާގެ މަސައްކަތް މޯލްޑިވްސް ޕްރޯ އަށް ފަހު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު

ސަރުކާރުން ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ ސާފިން އަދި ބޮޑީބޯޑިން އެރީނާގެ އަމަލީ މަސައްކަތް އޮގަސްޓު މަހު ކުރިއަށްދާ މޯލްޑިވްސް ޕްރޯ މުބާރާތް ނިމުމުން ފަށާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

އޮގަސްޓު މަހު ފަށާ ބޮޑީބޯޑިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަން މިއަދު ހ. ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ, މިދިޔަ އަހަރުތަކުގައި މުބާރާތް ބޭއްވިއިރު, ރާއްޖޭގެ އެކޮމަޑޭޝަންތައް ފުރިހަމަ ކަމަށް ވޯލްޑް ޓުއާ ހިންގާ ފަރާތްތަކުން ވިދާޅުވެފައިވާ ކަމަށެވެ.

އަދި މުބާރާތުގެ އިންތިޒާމުތަކަށް 100 އަކުން 85 ލިބިފައިވުން އެއީ އެކަމުގެ ހެއްކެތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، މި އަހަރުގެ މޯލްޑިވްސް ޕްރޯ ނިމުމުން ސަރުކާރުން ރާޅުގަނޑު ސަރަހައްދުގައި އަޅަން ނިންމާފައިވާ ސާފިން އަދި ބޮޑީބޯޑިން އެރީނާގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި އެރީނާގައި މެޑިކަލް ފެސިލިޓީ އާއި އިކުއިޕްމަންޓް ރިޕެއާ އާއި މެއިންޓެނެންސް ކުރަން ހާއްސަ ފެސިލިޓީ އެއް ގާއިމު ވެގެންދާނެ ކަމަށެވެ.

"އެރީނާގެ މަސައްކަތް ނިމުމުން އެތުލީޓުންނަށް މެޑިކަލް ފެސިލިޓީ އާއި އިކުއިޕްމަންޓް ރިޕެއާ އަދި މެއިންޓެނެންސް ކުރަން ހާއްސަ ފެސިލިޓީ އެއް ގާއިމު ކުރެވިގެންދާނެ. އަޅުގަނޑަށް ހީވަނީ ރާއްޖެ އަކީ ބޮޑީބޯޑިންގައި ނަމްބަރު 1 އަށް ވެގެންދާނެ ތަނެއް ކަމަށް" ވަޒީރު ވިދާޅުވި އެވެ.

މި ފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ 15 އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ވައިލްޑް ކާޑް އެންޓްރީގެ ދަށުން ރައުންޑް 3 ގައި އެއް އެތުލީޓަކު ވާދަކުރާނެ އެވެ.

އެމްބީބީއޭ އިން ބުނީ މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ އެތުލީޓުން އަންނަނީ ކޮންމެ މަހަކު 30 ގަޑިއިރު، ޕްރެކްޓިސް ކުރަމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox