"ވިޒިޓް މޯލްޑިވްސް ޕްރޯ": ކުޑަ އައްޔަގެ ކެރިއަރުގެ ބޮޑު ޗެލެންޖް

Jul 10, 2022, 6:38 AM
އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ތެރެއިން ކުޑަ އައްޔަ "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ތެރެއިން ކުޑަ އައްޔަ "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަހުގެ 29 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު، "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އަކީ ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑަ އައްޔަގެ ކެރިއަރުގެ އެންމެ ބޮޑު މުބާރާތް ކަމަށް ބުނެފި އެވެ.

ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި އެކި ގައުމުތަކުން 150 އެއްހާ އެތުލީޓުން ވާދަކުރާނެ އެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ފައިސާގެ އިނާމްވެސް ބޮޑު މުބާރާތެވެ. މިގޮތުން އިނާމް ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީ އަކަށް ބަހާލެވޭނެ އެވެ.

މާލޭ ރާޅުގަނޑު ސަހަރަައްދުގައި ބާއްވާ މި މުބާރާތުގެ ޓަރަޔަލްސް ދާދި ފަހުން ނިންމާލިއިރު، މެންސް އޯޕަން ކެޓަގަރީ އާއި ޑްރޮޕްނީ ކެޓަރަގީ ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. އެހެންވެ، ކުޑަ އައްޔަ އަށް ވަނީ މޯލްޑިވްސް ޕްރޯގައި ވާދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.

ކުޑަ އައްޔަ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ލިޔެފައިވަނީ މޯލްޑިވްސްޕްރޯގެ ޓްރަޔަލްސްގައި ޑްރޮޕްނީ އާއި އޯޕަން ކެޓަގަރީގެ އެއް ވަނަ ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"މިހާރު ދެން މިއޮތީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު މުބާރާތް، މޯލްޑިވްސް ޕްރޯ،" ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު، ކުޑަ އައްޔަ ލިޔެފައިވެ އެވެ.

ކުޑަ އައްޔަ ވަނީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި މި މަހު 29 އިން އަންނަ މަހު ހަތް ވަނަ ދުވަހަށް ރާޅުގަނޑުގައި ކުރިއަށްދާ މުބާރާތް ބަލަން އައުމަށް ކުޑަ އައްޔަ ވަނީ ސަޕޯޓަރުންނަށް ދައުވަތު ދީފަ އެވެ.

މޯލްޑިވްސްޕްރޯގެ ޓްރަޔަލްސްގެ މެންސް އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ފައިނަލުގައި އަލީ ޖާވިދު (ޖާއްޓެ) ބަލިކުރުމަށް ފަހު އެވެ ފޯރިގަދަކޮށް ދިޔަ ފައިނަލް ހީޓު ކުޑައައްޔަ އަށް ކާމިޔާބުވީ 14.07 ޕޮއިންޓުންނެވެ. ދެ ވަނަ އަށް ދިޔަ ޖާއްޓެ އަށް ސްކޯ ކުރެވުނީ 13.47 ޕޮއިންޓެވެ.

އެމްޓީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ތެެރެއިން ކުޑަ އައްޔަ ރާޅާއަޅަނީ.-- ފޮޓޯ: އެމްބީބީއޭ/ހުޕާ

ޖާއްޓެ އާއި ކުޑަ އައްޔަ ވެސް ވަނީ ފައިނަލް ހީޓުގައި ހަތް ރާޅުގައި އަޅައިފަ އެވެ. ހަތް ރާޅުން ސްކޯ ގުނަނީ އެންމެ ރަނގަޅު ދެ ރާޅަށް ކަމަށްވާއިރު، ކުޑައައްޔަ އެޅި ދެ ރާޅުގެ ސްކޯ އަކީ 7.57 އާއި 6.50 އެވެ. އަދި ޖާއްޓެ އެޅި ދެ ރާޅުގެ ސްކޯ އަކީ 7.17 އާއި 6.30 އެވެ.

ޑްރޮޕްނީ ފައިނަލް ހީޓުގައި ކުޑައައްޔަ ވާދަކުރީ ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން، އަބްދުﷲ ޝިމާލް ޝަމީމްއާ އެވެ. ކުޑައައްޔަ ވަނީ ފައިނަލުގައި 8.84 ޕޮއިންޓް ސްކޯކޮށްފަ އެވެ. ޝިމާލް އަށް ސްކޯ ކުރެވުނީ 3.23 ޕޮއިންޓެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ފަހަރުގެ ވިޒިޓް މޯލްޑިވްސްޕްރޯ އަކީ ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ބޮޑީބޯޑަރުން ބައިވެރިވާނެ ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox