ޗެކް ވެސް ޗެލްސީ ދޫކޮށްލަން ނިންމައިފި

Jun 27, 2022, 9:18 AM
ޕީޓަ ޗެކް: މި މަހުގެ ނިޔަލަށް ޗެލްސީގެ ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރުގެ މަގާމުން ވަކިވާނެ.-- ފޮޓޯ: އޭއެފްޕީ

ޕީޓަ ޗެކް: މި މަހުގެ ނިޔަލަށް ޗެލްސީގެ ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރުގެ މަގާމުން ވަކިވާނެ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 27) - އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ، ޗެލްސީ ގަތުމަށް ފަހު އޭނާގެ ލީޑަޝިޕުން ބޭނުންވާ ބަދަލުތައް ގެންނަން ފުރުސަތު ދޭން ޗެލްސީގެ ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރުގެ މަގާމު ދޫކޮށްލަން ކުރީގެ ކީޕަރު ޕީޓަ ޗެކް ނިންމައިފި އެވެ.

ބޯލީގެ ޓީމުން އަންނަނީ ޗެލްސީ ހިންގާ މޮޑެލަށް ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. އޭގެ ފިޔަވަޅުތަކަށް ފުރުސަތު ދޭން ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އާއި ޑިރެކްޓަރު މަރީނާ ގްރަނޯސްކާއިއާ އަދި ޗެކް ވަނީ މި މަހުގެ ނިޔަލަށް ޗެލްސީގެ މަގާމުތައް ދޫކޮށްލަން ނިންމައިފަ އެވެ.

"މިދިޔަ ތިން އަހަރު ޗެލްސީ އަށް ހިދުމަތްކުރަން މި ލިބުނު ފުރުސަތު ފަހުރުވެރިކަމާ އެކު ފާހަގަކުރަން. މި ކްލަބް މިހާރު މި ހިންގަމުން އަންނަ އާ ލީޑަޝިޕުން ބޭނުންވާ ގޮތަށް ކްލަބް ހިންގަން އަހަންނަށް އެންމެ ރަނގަޅު ގޮތަކީ އެއްކައިރިވެލުން. އެހެންވެ، މަގާމު ދޫކޮށްލަން ނިންމައިފިން،" ޗެކް، 40، ޗެލްސީ ދޫކޮށްލާކަން ކަށަވަރުކޮށްދެމުން ބުނެފައިވެ އެވެ.

ޔޫކްރެއިން ހަނގުރާމަ މައްސަލައިގައި ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗަށް ކުރިމަތިވި ސިޔާސީ ފިއްތުންތަކާ ހެދި ޗެލްސީ ވިއްކާލަން ޖެހުނުއިރު، ދިގު މުއްދަތަކަށް ފަހު އެކަން ނިމުނީ މިދިޔަ މަހު ފަހުކޮޅުގަ އެވެ.

ޗެލްސީގެ އާ ވެރިންގެ ބެލުމުގެ ދަށުން ކްލަބްގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޗެކް ވަނީ ބުނެފަ އެވެ.

ޗެލްސީން އެންމެ ފުރަތަމަ ޗެކްގެ ސޮއި ހޯދީ 2004 ވަނަ އަހަރު، ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ. އެ ޓީމަށް 11 އަހަރު ކުޅެދިނުމަށް ފަހު ޗެކް ވަނީ 2015 ވަނަ އަހަރު އާސެނަލަށް ބަދަލުވެފަ އެވެ. ވިހި އަހަރު މަތީ ފަންތީ ފުޓްބޯޅަ ކުޅުމަށް ފަހު ޗެކް ކުޅުމުން ރިޓަޔާކުރީ 2019 ވަނަ އަހަރު އެވެ.

އޭގެ ފަހުން، ޗެލްސީގެ ސްޕޯޓިން އެންޑް ޕާފޯމަންސްގެ މަގާމުގެ ޒިންމާއާ ހަވާލުވެ، މިހާތަނަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓީމުގެ ކުޅުންތެރިންގެ ޕާފޯމަންސް އެނަލައިޒްކުރުމާއި ޓްރާންސްފާ މާކެޓްގައި ކްލަބަށް ބޭނުންވާ ކުޅުންތެރިން ދެނެގަތުމުގައި ޓެކްނިިކަލް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox