ދެއްކި ވާހަކައެއްގެ ސަަބަބުން ޗެލްސީން އެންޒޯ އަށް ފިޔަވަޅު އަޅައިފި

Apr 3, 2026, 7:52 PM
ޗެލްސީގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް

ޗެލްސީގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް

ލަންޑަން (އޭޕްރީލް 3) - ޗެލްސީގެ އާޖެންޓީނާ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް، އޭނާގެ އަމިއްލަ މުސްތަގުބަލާ ގުޅޭގޮތުން ދެއްކި ވާހަކައެއްގެ ސަބަބުން ޗެލްސީން ފިޔަވަޅު އަޅައިފި އެވެ.

ޗެލްސީގެ ކޯޗު، ލިއަމް ރޮސެނިއާ، މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ބުނެފައިވަނީ، ޗެލްސީގެ އުސޫލުތަކާ ހިލާފުވުމުން، ކުރިއަށް އޮތް ދެ މެޗުގައި އެންޒޯ ޓީމުން ބާކީކުރަން ނިންމާފައިވާ ކަމަށެެވެ.

ޕީއެސްޖީ އަތުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ބަލިވެ، ޗެލްސީ މުބާރާތުން ކެޓި މެޗަށް ފަހު، އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި އެންޒޯ ބުނެފައިވަނީ، އަންނަ ސީޒަނުގައި ޗެލްސީގައި ހުންނާނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ. އަދި، އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އާޖެންޓީނާގެ މީޑިއާ އަަކަށް ދިން އިންޓަވިއުއެއްގައި ވެސް އެންޒޯ ވަނީ މުސްތަގުބަލާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ. 

"އެންޒޯ، އެ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދެރަކޮށް ކުރި ކަމެއް،" ޗެލްސީގެ ކޯޗު، ރޮސެނިއާ ބުންޏެވެ. 

ޗެލްސީން އެޅި ފިޔަވަޅުގެ ސަބަބުން، އެންޒޯ ނުލައި، އެ ޓީމުން ކުޅޭނެ ދެ މެޗަކީ، އެފްއޭ ކަޕްގައި ޕޯޓް ވޭލްއާ ބައްދަލުކުރާ މެޗާއި އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. މިއީ، މި ސީޒަނުގައި ޗެލްސީގެ އަމާޒުތަކަށް ވާސިލްވުމަށް ބަލާއިރު، މުހިންމު ދެ މެޗެވެ. 

ރޮސެނިއާ ބުނެފައިވަނީ، އެންޒޯ އަށް އެޅި މި ފިޔަވަޅުގެ ސަބަބުން އޭނާގެ ޗެލްސީގެ ކެރިއަރު ނިމުނީކީ ނޫން ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި އެންޒޯއާ ވާހަކަ ދައްކައި، ކަންކަން ރަނގަޅުމަގުން ގެންދިއުމުގެ ވިސްނުން ކްލަބުން އިސްކުރާނެ ކަމަށް ވެސް ރޮސެނިއާ ވަނީ ބުނެފަ އެވެ. 

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި، އެންޒޯ، 21، ގަންނަން ޗެލްސީން ކުރި މަސައްކަތް ހުއްޓައިނުލައި، އެކަން ކާމިޔާބުކުރީ، އެ އަހަރުގެ ޖެނުއަރީ  ޓްރާންސްފާގެ ފަހު ވަގުތުގަ އެވެ. ޗެލްސީން ވަނީ އެންޒޯ ގަންނަން ދައްކަން ޖެހޭ 130 މިލިއަން ޑޮލަރު ބެންފީކާ އަށް ދައްކައިފަ އެވެ. އެއީ، އެ ވަގުތަށް ބަލާއިރު އެއް ކުޅުންތެރިއަކަށް އިނގިރޭސި ކްލަބަކުން ކުރި އެންމެ ބޮޑު ހޭދަ އެވެ.

ޗެލްސީއާ އެކު، ޔުއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އެންޒޯ ވަނީ، ޗެލްސީ އަށް ކުޅެދިން 161 މެޗުން 28 ގޯލު ޖަހައި، 29 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އޭގެ ތެރޭގައި މި ސީޒަނުގައި 46 މެޗުން ޖެހި 12 ގޯލު ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox