ސިޓީ، ޗެލްސީ އަދި އާސެނަލް އެފްއޭ ކަޕްގެ ކުއާޓާ އަށް

Mar 8, 2026, 5:31 AM
ސިޓީ، ޗެލްސީ އަދި އާސެނަލް އެފްއޭ ކަޕްގެ ކުއާޓާ އަށް

ލަންޑަން (މާޗް 8) - އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ، ޗެލްސީ އަދި އާސެނަލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސިޓީން ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެފަ އެވެ. ދެ ވަނަ ޑިވިޝަނުގެ ވްރެކްސަމް އަތުން ޗެލްސީން މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 4-2 އިންނެވެ. އަދި، ތިން ވަނަ ޑިވިޝަނުގެ މެންސްފީލްޑް ޓައުން އަތުން އާސެނަލް ވަނީ 2-1 އިން ކުރިހޯދައިފަ އެވެ.

ނިއުކާސަލް ދަނޑުގައި އެ ޓީމުން ލީޑުނެގީ 18 ވަނަ މިނިޓްގައި ސަންޑްރޯ ޓޮނާލީ ދިން ބޯޅައަކުން ހާވީ ބާންސް ޖެހި ގޯލުންނެވެ. ސިޓީން ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 39 ވަނަ މިނިޓްގައި ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެރެމީ ޑޮކޫ ދިން ބޯޅައަކުން ސަވީނިއޯ އެވެ.

Advertisement

މެޗުން ސިޓީ މޮޅުވި ދެ ލަނޑު ވެސް ދެ ވަނަ ހާފުގައި ޖެހި މިސްރުގެ ފޯވާޑް އޮމަރު މާމޫޝް އެވެ.

ވްރެކްސަމް އިން ރޭ ޗެލްސީ ކައިރިން ލީޑުނެގީ ސޭމް ސްމިތު ޖެހި ގޯލުންނެވެ. އެކަމަކު، ވްރެކްސަމްގެ ގޯލްކީޕަރު އާތޫރު އޮކޮންކްވޯ އަތުން ބައިކޮޅަށް ވަން ގޯލަކުން ޗެލްސީން އެއްވަރުކުރި އެވެ. ވްރެކްސަމް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ ކަލުމް ޑޮއިލް ޖެހި ލަނޑުންނެވެ. ޗެލްސީގެ ޖޯޝް އަޗެމްޕޮން ލަނޑު ޖަހައި، އެއްވަރުކުރުމުން މެޗު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ދެ ހާފަށް ދިޔައިރު، ވްރެކްސަމްގެ ޖޯޖް ޑޮބްސަން އަށް ވަނީ ރަތެއް ދައްކައިފަ އެވެ. ވްރެކްސަމްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި، ޗެލްސީގެ ދެ ލަނޑު ޖެހީ އަލެހަންދްރޯ ގާނާޗޯ އާއި ޖޮއާއޯ ޕެޑްރޯ އެވެ.

ސޯޅަ އަހަރުގެ ދެ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު އާސެނަލަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ނޯނީ މަޑުއޭކޭ އެވެ. ދެ ވަަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި، ވިލް އެވާންސް ވަނީ ލަނޑު ޖަހައި، މޭންސްފީލްޑް އަށް އެއްވަރުކޮށްދީފަ އެވެ. އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އަރައި، އެބެރެޗީ އެޒޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox