މޯލްޑިވްސް ޕްރޯ ޓްރަޔަލްސް: ސެމީ ފައިނަލްތައް ފޯރިގަދަވާނެ

Jun 26, 2022, 3:29 AM
މޯލްޑިވްސް ޕްރޯ ޓްރަޔަލްސްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ޕްރޯ ޓްރަޔަލްސްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ މޯލްޑިވްސް ޕްރޯ ޓްރަޔަލްސްގެ ޖޫނިއާ މެންސް އާއި މެންސް އޯޕަން ކެޓަގަރީގެ ކުއާޓާ ފައިނަލް ހީޓްތައް ނިމި ސެމީ ފައިނަލަށް ތައްޔާރުވެފައިވާއިރު، މުބާރާތް ފޯރިގަދަވެއްޖެ އެވެ.

ޖޫނިއާ މެންސް ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ މުހައްމަދު ކައިފް، އިބްރާހިމް އަތޫފް، އިޔަން އަހުމަދު އަދި އަބްދުﷲ ޝިމާލް ޝަމީމް (ޝިމައްލެ) އެވެ. ޝިމާލް އަކީ އެންމެ ފަހުން ބޭއްވި އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ޖޫނިއާ މެންސް ކެޓަގަރީގެ ޗެމްޕިއަނެވެ. ސެމީ ފައިނަލްގެ ހީޓް އެކެއްގައި ވާދަކުރަނީ އަތޫފާއި ކައިފް އެވެ. އަދި ދެ ވަނަ ހީޓުގައި ޝިމައްލެ އާއި އިޔަން ވާދަކުރާނެ އެވެ.

މެންސް އޯޕަން ސެމީ ފައިނަލްގައި ވާދަކުރަނީ މުހައްމަދު ވިއާމް އާއި އަލީ ޖާވިދު (ޖާއްޓެ)ގެ އިތުރުން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރުގެ މަގާމު އެންމެ ފަހުން ވެސް ހޯދި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަދި މުހައްމަދު ޖަރީޝް ޖިހާދު އެވެ.

ކުއާޓާ ފައިނަލްގެ ހީޓް ހަތަރެއްގައި ކުޑަ އައްޔަ ވަނީ އަހުމަދު ނަޒްމީން ބަލިކޮށްފަ އެވެ. ކުޑައައްޔަ ވަނީ 14.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މިއީ މުބާރާތުގެ އެއް ހީޓްގެ އެންމެ ރަނގަޅު ސްކޯ އެވެ. ނަޒްމީނަށް އެ ހީޓުގައި ކުރެވުނީ 9.10 ޕޮއިންޓެވެ. ކުއާޓާ ފައިނަލްގެ ހީޓް ދޭއްގައި ޖާއްޓެ މޮޅުވީ 13.27 ޕޮއިންޓު ސްކޯ ކޮށްގެންނެވެ. އޭނާއާ ވާދަކުރި މޫސާ މުހައްމަދު އަށް ސްކޯ ކުރެވުނީ 5.53 ޕޮއިންޓެވެ.

ޑްރޮޕް ނީ ކެޓަގަރީ މިހާރު ގޮސްފައިވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ. ކުއާޓާ ފައިނަލްގައި ދެ ހީޓެއް ހިމެނޭއިރު، ފުރަތަމަ ހީޓުގައި ވާދަކުރަނީ ޝިމައްލެ، ވިއާމް އަދި ރީޝާން އެވެ. އަދި ހީޓު ދޭއްގައި ވާދަކުރަނީ ކުޑަ އައްޔަ، ދާއޫދު ފަޒީހު އަދި ހައްސާން މުހައްމަދު އެވެ.

އަންނަ މަހު ފަހުކޮޅު ރާއްޖޭގައި ހޯސްޓްކުރާ މޯލްޑިވްސް ޕްރޯ އިން އައިބީސީން ދޭ ވައިލްޑްކާޑް ސްލޮޓްގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޑިވިޝަނުގައި ދެ ބޮޑީބޯޑަރުންނާއި ޖޫނިއާ މެންސް ޑިވިޝަންގައި ދެ ބޮޑީބޯޑަރުންނާއި ޓްރަޔަލްސް އިން ކުރިހޯދާ ޑްރޮޕްނީ ކެޓަގަރީގެ ދެ ބޮޑީބޯޑަރުންނަށެވެ.

ހުނަރުހުރި ލެވަލާއި މުބާރާތުގައި ވާދަކުރަން އަންނަ ދުނިޔޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުންގެ ލެވަލަށް ބަލާފައި، ވައިލްޑްކާޑް އެންޓްރީއެއް ދިނުމުގެ ބަދަލުގައި، ވިމެންސް ޑިވިޝަނުން ވައިލްޑް ކާޑްގެ ބަދަލުގައި އެމްބީބީއޭ އިން ދޭނީ ފްރީ ޕާސް އެވެ. ޕްރީ ޕާސް ދިނުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ކެޓަގަރީ އާއި ޖޫނިއާ މެންސް ކެޓަގަރީން ހަތަރު ޖާގަ، ވިމެންސް އޯޕަން ޑިވިޝަން އަދި ޑްރޮޕްނީ ޑިވިޝަން، ކޮންމެ ޑިވިޝަނަކުން ދެ ޖާގަ އެވެ.

މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އަކީ ހަމައެކަނި އަންނަ މަހު މާލޭގައި ހޯސްޓްކުރާ މަތީ ފެންވަރުގެ އިންޓަނޭޝަނަލް މުބާރާތް، އައިބީސީ މޯލްޑިވްސް ޕްރޯ އިން ލިބޭ ޖާގަ ވުރެ، މާ މުހިންމު ފުރުސަތެއް ވެސް ފަހިވެފައި އޮތް އިވެންޓެެކެވެ. ޓްރަޔަލްސްގައި ބައިވެރިވެ، ބޮޑީބޯޑަރުން ހޯދާ މާކްސް މި އަހަރު މުޅިން އަލަށް ފެށި މޯލްޑިވްސް ބޮޑީބޯޑިން ލީގަށް ގުނާނެ އެވެ. އަދި މި ޓްރަޔަލްސް އަށް ފަހު މި އަހަރުގެ ނިޔަލަށް ގައުމީ ސީނިއާ އަދި ޖޫނިއާ ސްކޮޑު ވެސް ނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox