އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އަދުހަމް: އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވާފައި

އަދުހަމް: އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން ކަމުގެ ކުށް ސާބިތުވާތީ އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

މެއި ހަވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލީ އަދުހަމެވެ. އޭނާ ވަނީ އެކަމަށް އިއުތިރާފުވެ އެކަމާ ހިތާމަކޮށް ތައުބާވާ ކަމަށް ބުނެފަ އެވެ.

ކުށަށް އިއުތިރާފުވުމުން އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންގޮސް މިއަދު ވަނީ ހުކުމް އިއްވުމުގެ މަޖިލިސް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އިއުތިރާފު އަނބުރާ ގެންދަން ބޭނުންވޭތޯ އަދުހަމްއާ ގާޒީ ސުވާލު ކުރެއްވި އެވެ.

Advertisement

ނަމަވެސް, އަދުހަމް ބުނީ އޭނާގެ އިއުތިރާފު އަނބުރާ ގެންދަން ބޭނުން ނުވާ ކަމަށާއި އޭނާ ކޮށްފައިވަނީ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މެއި ހައެއްގައި ދީފައިވާ ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް, އެ އަމަލު ހިންގުނީ އަޅުގަނޑަށް ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކަކާ ގުޅިގެން, މި ފުރުސަތުގައި ރައީސް ނަޝީދާއި އަނިޔާ ލިބުނު މީހުންނާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މާފަށް އެދެން, އަދި މިފަދަ ކަމެއް އަޅުގަނޑުގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވަން." އަދުހަމް ބުންޏެވެ.

އެހެންވެ, މައްސަލަ ބައްލަވާ ތިން ގާޒީންގެ ބެންޗުން ކަނޑައެޅީ އަދުހަމް ކުށަށް އިއުތިރާފުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ދައުލަތުން ވެސް އަދުހަމްގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކިތައް ހުށަހަޅާފައިވެ އެވެ.

ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެފައިވާ ގޮތުން އަދުހަމްގެ މައްޗަށް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ. ތިން ގާޒީން އަދުހަމްގެ މައްޗަށް އިއްވީ ވެސް 23 އަހަރުގެ ޖަލު ހުކުމެކެވެ.

ނަމަވެސް އަދުހަމް ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 21 ދުވަހެވެ. އެއީ, އޭނާ ތަހުގީގަށް އަދި ޝަރީއަތަށް ބަންދުގައި ހުރި ދުވަސްތައް ކެނޑުމަށްފަހު އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

އެންމެ ފުރަތަމަ އަދުހަމްގެ މައްޗަށް ކުރަން ނިންމީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

ނަމަވެސް، އަދުހަމް އިއުތިރާފުވެ އޭނާ ދައުލަތަށް އެއްބާރުލުން ދެމުން ގެންދާތީ، ލުޔެއްގެ ގޮތުގައި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ ވަނީ އަނބުރާ ގެންދިޔައީ އެވެ.

ހަރުކަށި ފިކުރުގެ ގަބޫލުކުރުންތަކުގައި ސިކުނޑި ދޮވެވިފައި ހުރި ކަމަށް އާއިލާއިން ވެސް ބުނެފައިވާ އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެ، އެ ހަމަލާއާ ގުޅޭގޮތުން އޭނާއަށް އެނގި ހުރި ގިނަ މައުލޫމާތުތައް ތަހުގީގަށް ދީފަ އެވެ.

އޭނާ ތަހުގީގަށް ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް އޭނާއާ ހަވާލުކުރީ އޭނާ ނިސްބަތްވާ ސެލްގެ ވެރިޔާ ކަމަށް ތުހުމަތު ކުރެވޭ އިސްހާގު ކަމަށާއި، އެ މަސައްކަތް ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި, ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް ބުނެފައި ވެއެވެ.

ފުލުހުން އާންމުކުރި ގޮތުގައި ބޮން ގޮއްވުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލައިދޭން އެދިފައިވާ އެންމެން ވެސް ނިސްބަތްވަނީ އެއް ސެލްއަކަށެވެ. އެހެންވެ އެ އެންމެންނަށް ވެސް އެކަކު އަނެކަކު އެނގެ އެވެ.

އެކަމަކު ބޮން ގޮއްވާލުމުގައި, ހުރިހާ ރޭވުންތަކެއް އަދުހަމަށް ސާފެއް ނޫނެވެ. އޭނާ އަށް އޮޅުންފިލުވައިދީފައި އޮތީ, އެނގިފައިވާ ގޮތުގައި, ހަވާލުކުރި ޓާސްކް އެކަންޏެވެ. އަދި ހަމަލާގައި ހަރަކާތްތެރިވި ކޮންމެ މީހަކަށްވެސް އެނގޭނީ އެ މީހަކު ފުރިހަމަ ކުރަންޖެހޭ ޓާސްކު އެކަނިކަމަށް ވެސް އަދުހަމް ތަހުގީގުގައި ބުނެފައިވެ އެވެ.

އަދުހަމް، ނަޝީދަށް ފާރަލާން ފެށީ ހަމަލާގެ ތިން ދުވަސް ކުރިންނެވެ. ބޮން ހަރުކޮށްފައިވާ ސައިކަލް މަޖީދީމަގާއި ނީލޯފަރުމަގު ގުޅުނު ކަންމަތީގައި ބެހެއްޓީ ހަމަލާގެ އެއް ދުވަސްކުރިންނެވެ. ހުރިހާ ތައްޔާރީތައް ނިންމައި އަދުހަމް ރިމޯޓާ އެކު ގޮސް ނަޝީދުގެ އިންތިޒާރުގައި ހުރީ ހަމަލާގެ ގަޑިއެއްހާ އިރު ކުރިން ކަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވެސް އޮތެވެ.

އޭނާ މަޑުކޮށްގެން ހުރީ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ އެވެ. ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަތަމާ ޕެލަސް އިން ނުކުމެ ދުއްވައިގަތީ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގޮސް ބައްދަލުކުރީ, ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދާ އެވެ. އޭގެ ފަހުން އެ މީހުން އެކުގައި އެތަނުން ނުކުމެގެން ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން އެނގޭ ވީޑިއޯއެއް ފުލުހުން އޮތީ އާންމު ވެސް ކޮށްފަ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox