ފެނަކަ އެމްޑީއަށް ދައުވާނުކުރީ އޭނާ ހިންގި އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުމެއް ލިބިފައި ނުވާތީ: ޕީޖީ އޮފީސް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް

ފެނަކަ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު އަފީފް ހުސެއިންއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާނުކުރަން ނިންމީ އޭނާގެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ  އޭސީސީން ތަހުގީގު ކުރި މައްސަލައިގައި ހުރި ހެކިތަކަށް ބަލާއިރު، މުހައްމަދު އަފީފްގެ އަނބިކަނބަލުންގެ ކާރެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ގަރާޖަކަށް ރެޖިސްޓްރީ ކުރުމަށް ސިޓީއެއް ތައްޔާރުކުރިކަން އެނގޭ ކަމަށެވެ.

އެހެންނަމަވެސް، އެ ސިޓީގައި އެދިފައިވާ ގޮތަށް، އެ ކާރު އެ ގަރާޖަށް މާލެ ސިޓީ ކައުންސިލުން ރެޖިސްޓްރީ ކޮށްދީފައި ނުވާތީ އެ އަމަލުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް އަދި މުހައްމަދު އަފީފް އަށް އެއްވެސް ފައިދާއެއް ލިބިފައި ނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ފެނަކަ އެމްޑީގެ ކުރީގެ ކޮރަޕްޝަންގެ މައްސަލައެއް އަލުން ފެންމަތިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު އަފީފް ހުސެއިން، ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި، މުހައްމަދު އަފީފްގެ އިތުރުން، އޭނާ އެދިގެން ސިޓީ ތައްޔާރުކުރި އާދަމް ޝަފީއުއަށް ވެސް މީގެ ކުރިން އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށް ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

"އެހެންވީމާ ކޮރަޕްޝަންގެ އަމަލެއް، މި ދެންނެވީ ނާޖާއިޒު މަންފާއެއް ނާޖާއިޒު ފައިދާއެއް އެއްވެސް މީހަކަށް ލިބިފައި ނެތް ހާލަތުގައި އަނެއްކާ ދައުލަތަށް ވެސް މި އަމަލުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބި ޕްރިވެންޓު ކުރެވިފައިވާ ހާލަތުގައި އަޅުގަނޑުމެންނަށް ފެނުނީ މި މައްސަލައިގައި މުހައްމަދު އަފީފް ހުސެއިން އާއި އާދަމް ޝަފީއުގެ މައްޗަށް އިދާރީ ފިޔަވަޅު އެޅިފައި ވާތީ އިތުރަށް ޖިނާއީ ދައުވާއެއް ޕާސޫ ކުރުމުގެ މަސްލަހަތެއް ނެތޭ،" ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

އެއީ މީގެ ފަސް އަހަރު ކުރިން އޭސީސީއަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސިޓީގެ ކުރީގެ ކައުންސިލަރު، ސައިފް ފާތިހު އެވެ. އޭނާ ހުށަހެޅީ މިނިސްޓްރީއެއްގެ ގަރާޖަކަށް އަފީފްގެ ޕްރައިވެޓް ވެހިކަލެއް ރެޖިސްޓްރީ ކުރި މައްސަލައެކެވެ. އޭރު އަފީފް ހުންނެވީ ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

އެ މައްސަލަ އޭސީސީން ތަހުގީގު ކުރުމަށްފަހު، ޕީޖީއަށް ފޮނުވާފައި ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox