ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އިއުލާނުކޮށްފައިވާ ހަރަކާތަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ދޭނެ: އިމްރާން

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އިއުލާނުކޮށްފައިވާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ހަރަކާތް ލީޑުކުރައްވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

އެ ހަރަކާތުގެ ފަރާތުން ވަނީ މިއަދު ސިޓީ ކައުންސިލަށް ޒިޔާރަތްކޮށް ސިޓީ ކައުންސިލާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި ގޮތުގައި ރަސްމާލެއަކީ މާލޭގެ ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ހިންގާ މަޝްރޫއުއަކަށް ވުމާއެކު އެ ހަރަކާތުން އެންމެ ފުރަތަމަ ބައްދަލުކުރަން ޖެހެނީ އެ ކައުންސިލާ އެވެ.

"ރަސްމާލެއަކީ މާލޭގެ ރަށްވެހިންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ބޯހިޔާވަހިކަން ހިންގުމަށްޓަކައި ފެށި މަޝްރޫއުއެއް ކަމަށް ވިދާޅުވީ. އެހެންވީމާ މިކަމުގައި، އެކަމުގެ ކަންބޮޑުވުމާއެކު އަޅުގަނޑުމެން ފަށާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ބައްދަލުކޮށް ވާހަކަ ދައްކަން ޖެހޭނީ އެއް ފަރާތަކީ މާލެ ސިޓީ ކައުންސިލް،" އިމްރާން ވިދާޅުވި އެވެ.

Advertisement

ސިޓީ ކައުންސިލް އޮތީ ދިވެހި ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ކަމަށާއި މި ހަރަކާތަށް އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. 

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމާ ދެކޮޅަށް ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ގައުމީ ހަރަކާތެއް ރަސްމީކޮށް އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ހަރަކާތުގައި އިމްރާންގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން، އިދިކޮޅު ޕީއެންއެފްގެ ލީޑަޝިޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެ އެވެ.

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ ޓީޗަރުން ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 52 އަހަރުގެ ދެ ޓީޗަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. މީގެ ތެރެއިން އެކަކު ހައްޔަރުކުރީ 16 އަހަރުގެ ކުއްޖަކަށް ގޯނާކުރި މައްސަލައިގައި. އަދި އަނެއް މީހާ ހައްޔަރުކުރީ 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި.

Newsletter

Get the latest news delivered straight to your inbox