ފެނަކަ އެމްޑީއަށް ދައުވާ ނުކުރަން ނިންމިއިރު، ކުށެއް ކުރަން އުޅުމަކީ ވެސް ކުށެއް!

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް؛ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ހެކި ހުރި ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައި ވަނީ ދައުވާ ނުކުރަން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް؛ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ހެކި ހުރި ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައި ވަނީ ދައުވާ ނުކުރަން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަފީފް ހުސެއިންގެ މައްޗަށް ދައުވާ ނުއުފުލީ އޭނާ ހިންގި އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުމެއްވެފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިއިރު، ކުށެއް ކުރަން އުޅުމަކީ ވެސް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ދައުވާ އުފުލޭ ކުށެއްކަމަށް ގާނޫނީ މާހިރުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ އޭސީސީން ތަހުގީގު ކުރި މައްސަލައިގައި ހުރި ހެކިތަކަށް ބަލާއިރު، މުހައްމަދު އަފީފްގެ އަނބިކަނބަލުންގެ ކާރެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ގަރާޖަކަށް ރެޖިސްޓްރީ ކުރުމަށް ސިޓީއެއް ތައްޔާރުކުރިކަން އެނގޭ ކަމަށެވެ.

އެހެންނަމަވެސް، އެ ސިޓީގައި އެދިފައިވާ ގޮތަށް، އެ ކާރު އެ ގަރާޖަށް މާލެ ސިޓީ ކައުންސިލުން ރެޖިސްޓްރީ ކޮށްދީފައި ނުވާތީ އެ އަމަލުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް އަދި މުހައްމަދު އަފީފަށް އެއްވެސް ފައިދާއެއް ލިބިފައި ނުވާ ކަމަށް އެެޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އެހެން ބުނި ނަމަވެސް، މި ނޫހާ ވާހަކަ ދެއްކި ވަކީލުން ބުނީ ހައުސިން މިނިސްޓްރީގެ ގަރާޖަކަށް އޭނާގެ އަނބިކަނބަލުންގެ އަމިއްލަ ކާރެއް ރެޖިސްޓްރީ ކުރުމަށް ސިޓީއެއް ތައްޔާރުކުރި ހިސާބުން އެ ވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ކަމަށެވެ.

"ނުހައްގުން ލެޓާ ދޫކުރި ހިސާބުން އެއޮތީ ކޮރަޕްޝަންގެ އަމަލު ފުރިހަމަވެފައި. ފަހުން ފައިދާވިޔަސް ނުވިޔަސް،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ގާނޫނީ ވަކީލަކު ބުންޏެވެ.

މިފަދަ ކަންކަމުގައި ސީދާ ކޮރަޕްޝަންގެ އަމަލު ފުރހަމަ ނުވާ ކަމަށް ޕީޖީއަށް ފެންނަ ހާލަތުގައި ވެސް، ކުށެއް ކުރަން އުޅުނުކަމުގެ ދައުވާ އަފީފްގެ މައްޗަށް އުފުލޭނެ ކަމަށް އެ ވަކީލު ބުންޏެވެ.

ފެނަކަ އެމްޑީއަށް ދައުވާނުކުރީ އޭނާ ހިންގި އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުމެއް ލިބިފައި ނުވާތީ: ޕީޖީ އޮފީސް

ފެނަކަ އެމްޑީ މުހައްމަދު އަފީފްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ އޮފީހުން ނިންމީ، އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުމެއް އަދި އޭނާއަށް ނާޖާއިޒު ފައިދާއެއް ލިބިފައި ނުވާތީއެވެ.

ކުށެއް ކުރަން އުޅުމުގެ ކުށް ބަޔާން ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގަ އެވެ.

އެ މާއްދާގެ ހ. ގައި ބަޔާން ކޮށްފައި އޮންނަނީ ކުށެއް ކުރުމަށް ކުށުގެ ނިޔަތް އޮތުމާއި ކުށުގެ އަމަލު ފުރިހަމަ ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭ ފަދަ އަމަލެއް ގަސްދުގައި ކުރުން އަދި އެ އަމަލު ކުރީ ކުށް ކުރުމަށް ބޭނުންވާ ހާލަތު ދެމިއޮތްކަމުގައި ގަބޫލުކޮށްގެން ކަމުގައިވާ ނަމަ، އެއީ ކުށެއް ކުރަން އުޅުމުގެ އަމަލެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާ
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާ

ކުށެއް ކުރަން އުޅުމުގެ ކުށަށް ވާނެ އިތުރު ހާލަތްތައް ވެސް އެ މާއްދާގެ ށ. ދަށުން ބަޔާން ކޮށްފައިވެ އެވެ.

"ކުށް ފުރިހަމަ ނުވާ ކަމަށް ޕީޖީ އިން ދެކޭ ނަމަ ޕީނަލް ކޯޑުގެ 80 ވަނަ މާއްދާއާ ހަވާލާދީ ކުށެއް ކުރަން އުޅުމުގެ ދައުވާ ކުރެވޭނެ،" މި ނޫހަށް މައުލޫމާތު ދިން ގާނޫނީ ވަކީލު ވިދާޅުވި އެވެ.

އަފީފްއާ ދެކޮޅަށް ހެކި ހުރި ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ނުއުފުލަން ޕީޖީ އޮފީހުން ނިންމުމުން އާންމުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަފީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކީ މީގެ ފަސް އަހަރު ކުރިން އޭސީސީއަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅީ މާލެ ސިޓީގެ ކުރީގެ ކައުންސިލަރު، ސައިފް ފާތިހެވެ. އޭނާ ހުށަހެޅީ މިނިސްޓްރީއެއްގެ ގަރާޖަކަށް އަފީފްގެ ޕްރައިވެޓް ވެހިކަލެއް ރެޖިސްޓްރީ ކުރި މައްސަލައެކެވެ. އޭރު އަފީފް ހުންނެވީ ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. ސައިފު ވެސް މަސައްކަތް ކުރަމުން ދިޔައީ އެ މިނިސްޓްރީގަ އެވެ.

އެ މައްސަލަ އޭސީސީން ތަހުގީގު ކުރުމަށްފަހު، ޕީޖީއަށް ފޮނުވާފައި ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox