މަޖިލިސް ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި ނިންމުން އަނބުރާ ގެންދަން އެމްޑީޕީ ޕީޖީން ގޮވާލައިފި

އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ވެރިކަން ކުރާ ޕާޓީގެ ކޮންޓްރޯލް އޮންނަ މަޖިލީހުން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ގޮވާލައިފި އެވެ. 

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ 12 މެންބަރުންގެ ސޮޔާއެކު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާލިޔަތު ކޮމިޓީން އެ ގޮތަށް ނިންމުމުގައި އެ ޕާޓީގެ ބައިވެރިވުމެއް ނޯންނާނެކަން ހާމަކޮށްފަ އެވެ. މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 4.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި، ސަރުކާރު ޒިންމާދާރުކުރުމުގެ ޒިންމާ ގާނޫނުއަސާސީގައި ދަށުން މަތިކުރެވިފައިވާ މުއައްސަސާއަށް ވީނަމަވެސް، ޕީއެންސީގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން މިވަނީ އެކަން ހުއްޓުވާފައި، އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

Advertisement

އެ ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދަށް 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ރައްޔިތުންނަށް މުހިންމުވާ ކަންކަމަށް އިސްކަން ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ. 

އެ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ފާސްކޮށްފަ އެވެ. ނަމަވެސް، މަޖިލިސް ރައީސް އާއި ވަޒީރުންގެ މުސާރައަށް ބަލާއިރު އެއީ ނިސްބަތުން ކައުންސިލަރުންގެ މުސާރަ ބޮޑުވީ މަދު މިންވަރަކަށެވެ.

އެ ފައިސާއަކީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުން ދޭ ފައިސާއަށްވުމާއެކު އޭގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ބުރޫ އެރުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީ ޕީޖީން ވަނީ ބުނެފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ 70 ޕަސެންޓު ކޮމިޓީތަކުގައި ބައިވެރިވާ މެންބަރުންނަށް 10،000ރ. އެލަވެންސެއްގެ ގޮތުގައި ލިބެ އެވެ. އަދި، 75 ޕަސެންޓަށްވުރެ މަތިން ކޮމިޓީތަކަށް ހާޒިރުވެއްޖެ ނަމަ، 20،000ރ. ގެ އެލަވެންސެއް ލިބެ އެވެ.

ކޮމިޓީ އެލަވަންސާއެކު މަޖިލީހުގެ ނައިބު ރައީސްއަށް މިހާރު ގަވާއިދު އޮންނަގޮތުން 91،000ރ. ލިބެ އެވެ. އެހެންކަމުން، މާލިއްޔަތު ކޮމިޓީން ފާސްކުރީ މަޖިލީހުގެ ރައީސްއަށް 22،000ރ. ގެ އިތުރު އެލަވެންސްއެއް ދިނުމަށެވެ. އެ ބަދަލާއެކު، މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

މިނިސްޓަރުންނަށް ދޭ ޑްރައިވާސް އެލަވެންސް ވެސް ބޮޑުކުރަން އިއްޔެ ނިންމި އެވެ. މިނިސްޓަރުންނަށް ޑްރައިވާސް އެލަވެންސް ނުހިމަނައި މުސާރަ އާއި އިނާޔަތްތަކާއެކު މިހާރު ލިބެނީ 58،500ރ. އެވެ. ޑްރައިވާސް އެލަވެންސް ހިމެނުމުން މިނިސްޓަރުންނަށް 66،000ރ. ކޮންމެ މަހަކު ލިބެ އެވެ.

ޑްރައިވާސް އެލަވެންސްގެ ތެރޭގައި މިހާރު ހިމެނެނީ ޕެޓްރޯލް އެލަވެންސްގެ ގޮތުގައި ލިބޭ 1000ރ. އާއި ޑްރައިވިން އެލަވެންސްގެ ގޮތުގައި ލިބޭ 6500ރ. އާ އެއްކޮށް ޖުމުލަ 7500ރ. އެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ  ޕެޓްރޯލް އެލަވެންސްގެ ގޮތުގައި 2000ރ. ޑްރައިވަރުންގެ މުސާރައިގެ ގޮތުގައި 12،000ރ. އަދި ޑްރައިވަރުންގެ ލިވިން އެލަވެންސްގެ ގޮތުގައި 3000ރ. މިނިސްޓަރުންނަށް ދިނުމަށެވެ. އެ ބަދަލާއެކު ސަރުކާރު މިނިސްޓަރުންގެ މުސާރަ އާއި އިނާޔަތްތަކާއެކު 75،500ރ. ލިބޭނެ އެވެ.

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ ޓީޗަރުން ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 52 އަހަރުގެ ދެ ޓީޗަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. މީގެ ތެރެއިން އެކަކު ހައްޔަރުކުރީ 16 އަހަރުގެ ކުއްޖަކަށް ގޯނާކުރި މައްސަލައިގައި. އަދި އަނެއް މީހާ ހައްޔަރުކުރީ 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި.

Newsletter

Get the latest news delivered straight to your inbox