އާބާދީ60: ތިނަދޫގެ ތައުލީމީ ބިންގާ އެޅުއްވި ބަތަލުން
ތިނަދޫ އަލުން އާބާދުވުމުގައި އެ ރަށުގެ ތަޢުލީމީ ބިންގާ އެޅިގެންދިޔައީ ރަސްމީ ނިޒާމެއް ގާއިމުވުމުގެ މާކުރިން، އަމިއްލަ ފަރުދުންނާއި އެދުރުބޭފުޅުން ކުރެއްވި އިޚްލާޞްތެރި މަސައްކަތުންނެވެ. މިގޮތުން އައްޝައިޚް ޙުސައިން ތަކުރުފާނު ފަދަ ބޭފުޅުން ބޭރު ގައުމުތަކުން އުނގެނިވަޑައިގެން، ރަށަށް ވަޑައިގެން މުދައްރިސުން ތަމްރީނުކޮށް މަދަރުސާތައް ބިނާކުރެއްވުމަކީ ތިނަދޫގެ ތަޢުލީމީ ތާރީޚުގެ މުހިންމު ބިންގަލެކެވެ.