މޮރިޝަސް
48 ލިޔުން
ފަހުގެ
ދުނިޔެޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި
ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.
ހަބަރުޗާގޯސް ގަންނަން އެމެރިކާއިން ހުށަހަޅަނީ
ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބުން ހައްގުކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށް، އެ ޖަޒީރާތައް މޮރިޝަސްގެ އަތުން ގަތުމަށް އެމެރިކާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު އަސްކަރީ މަރުކަޒެއް އެތަނުގައި އޮތުމާއެކު، އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލަން ނިންމި ނިންމުމަށް އަމަލުކުރުން މިހާރު ވަނީ މަޑުޖެހިފައެވެ.
