އެބޯލާގެ ނުރައްކާ ބޮޑުވެ ކުއްލި ހާލަތު އިއުލާންކޮށްފި
ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން، ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. މި ބަލީގައި މިހާތަނަށް 80 މީހުން މަރުވެފައިވާއިރު، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ވެކްސިނެއް ނެތުމުން ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން އިންޒާރުދެއެވެ.