Advertisement

ރުހުން ނުދިން ވަޒީރުން އަލުން އައްޔަންކުރުމުން ގާސިމްގެ ތާއީދު ރައީސަށް!

31 ޖަނަވަރީ 2024 - 13:09 0

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ.މުހައްމަދު މުއިއްޒާ ކުރިން ބައްދަލުކުރައްވަނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިނގިލި ދާއިރާއަށް ވާދަނުކުރަން ރައީސް ޕާޓީން ވަނީ ނިންމާފައި. ފޮޓޯ: ރައީސް އޮފީސް


ރުހުން ނުދިން ވަޒީރުން އަލުން އައްޔަންކުރުމުން ގާސިމްގެ ތާއީދު ރައީސަށް!

31 ޖަނަވަރީ 2024 - 13:09 0

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ މަގާމުތަކަށް އައްޔަންކުރެއްވުމުން އެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ލިއުއްވި ދިގު ލިއުމެެއްގައި ގާސިމް ވިދާޅުވީ މަޖިޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރައްވަން ރައީސް ނިންމަވައި އެ ވަޒީރުންގެ ހުވާ ކުރެއްވުން ސްޕްރީމް ކޯޓުން ކުރިއަށް ގެންދިއުމަކީ ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

އެއީ އެނާ ވިދާޅުވި ގޮތުގައި ގާނޫނީ ހުކޫމަތު ދަމަހައްޓައި ދުސްތޫރީ ހަމަތައް ހިފަހައްޓަން ކުރި މަސައްކަތެކެވެ.

ދެ ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި ހިލާފަށް ކުރިކަމެއް ކަމަށް ވެސް ގާސިމް ތުހުމަތުކުރެއްވި އެެވެ. އެއީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"...އެހެން ކަމުން އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އޮތް ކަން ހާމަކުރަމެވެ. ސްޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުއޫދު އެތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ގާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޤަބޫލު ކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ،" ލިއުމުގައި ގާސިމް ވިދާޅުވި އެެވެ.

އަލުން އައްޔަނު ކުރީ ރުހުން ނެތް ކަމަށް މަޖިލީހުން ފާސް ކުރި ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އެވެ. ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އެވެ.

ވަޒީރުންގެ މަޖިލީހަށް ބަންޑާރަ ނައިބު އުޝާމް އައްޔަނު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އޭނާ ވަނީ އަލުން އައްޔަނުކޮށްފަ އެވެ.