Advertisement

ފެހި ގާނޫނު އަސާސީ އައި ފަހުން މަޖިލީހުން ނުގެއްލޭ ހަތަރު މެންބަރުން

23 އޭޕްރީލް 2024 - 13:44 0

އަމަން ހަލީމް

އަމަން ހަލީމް

ހަތަރު ވަނަ ދައުރަކަށް މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅުން: ފޮޓޯގައި ގާސިމް އިބްރާހިމް (ކ-1) އާއި ސަން ޓްރެވަލް ސިޔާމް (ކ-2) އާއި ރެޑްވޭވް ސަލީމް (ވ-2) އާއި އަބްދުލް ގަފޫރު މޫސާ (ވ-1)


ފެހި ގާނޫނު އަސާސީ އައި ފަހުން މަޖިލީހުން ނުގެއްލޭ ހަތަރު މެންބަރުން

23 އޭޕްރީލް 2024 - 13:44 0

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން އިންތިހާބުކުރެވުނު ހަތަރު ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރުމުގެ ފަހުރު ހަތަރު މެމްބަރަކު ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެމްބަރުންގެ ތެރެއިން ހަތަރު ވަނަ ދައުރެއްގައި މެމްބަރުކަން ކުރާނީ:

  • ގާސިމް އިބްރާހިމް - މާމިގިލި ދާއިރާ
  • އަހުމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ
  • އަހުމަދު ސަލީމް - އޭދަފުށި ދާއިރާ
  • އަބްދުލް ގަފޫރު މޫސާ - ހަނިމާދޫ ދާއިރާ

ހަތަރު ވަނަ ދައުރަކަށް މެމްބަރުކަމަށް ވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން ގަފޫރު ފިޔަވައި ދެން ތިބި ތިން މެމްބަރުންނަކީ ވެސް ދާއިރާގެ ގޮނޑި ދިފާއުކުރައްވަމުން އަންނަ މެމްބަރުންނެވެ. ގަފޫރު މެމްބަރުކަމުގެ ފުރަތަމަ ދެ ދައުރު ހުންނެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރުގެ ގޮތުުގަ އެވެ.

ގޮނޑި ދިފާއުކުރެއްވި ހަތަރު މެމްބަރުންނަކީ ވެސް ވިޔަފާރިވެރިންނެވެ.

ގާސިމަކީ ޓޫރިޒަމާއި ޓްރޭޑިންގައި ހަރަކާތްތެރިވާ ވިލާ ކުންފުނީގެ ބާނީ އެވެ. ސިޔާމަކީ ވެސް އަމިއްލަ ގިނަ ރިސޯޓުތަކެއް ހިންގާ ޓޫރިޒަމް ވިޔަފާރިވެރިއެކެވެ. ސަލީމަކީ މަޝްހޫރު ރެޑްވޭވް ކުންފުނީގެ ހިއްސާދާރެކެވެ. ގަފޫރަކީ ޕެސްޓް އެކްސް ކުންފުނީގެ ހިއްސާދާރެކެވެ.