
ހަސަން މުހައްމަދު
އެޑިޓަރ
ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.
1187 ލިޔުން
ހަބަރުކަނޑު ދިރާސާ ކުރާ ޗައިނާގެ ޒަމާނީ ބޯޓު އަނެއްކާ ވެސް ރާއްޖޭގައި
އެ ބޯޓު މިއަދު އޮތީ ސިނާއީ ރަށް ތިލަފުށީގައި ބަނދަރުކޮށްފަ އެވެ. އެ ބޯޓު އަނެއްކާ ވެސް ދިވެހިރާއްޖެއަށް އައި ސަބަބެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އެ ބޯޓު އައި އިރު، ރާއްޖެއަށް ވަނުމުގެ ހުއްދަ ދީފައި އޮތް ކަމަށް ސަރުކާރުން ބުންޏެވެ.
ހަބަރުސިޔާސީ ލީޑަރުންނަށް ރައީސް ގޮވާލެއްވީ ގައުމައިގެން ކުރިއަށްދާން
"އަޅުގަނޑު މިހާރު އެދެނީ ހިޔާލުތަފާތުވުން ދޫކޮށްލަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި، އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހިންގަވާށޭ ކުރިއަށްދާން މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު."
ރިޕޯޓުނުފޫޒު، ބިރު އަދި ތަރައްގީ ނުލިބޭނެކަމުގެ އިންޒާރާއެކު މެޖޯރިޓީ
ސަރުކާރުން ރައްޔިތުންނަށް ދިނީ ދެ ގޮތެކެވެ. އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުދިނުމާއެކު ރައްޔިތުން މަގުމަތިވުމެވެ. އަނެއް ގޮތަކީ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުންނަށް ދިނުމާއެކު ތަރައްގީ ވެސް ހޯދުމެވެ. ރައްޔިތުން ވޯޓުދިނީ ތަރައްގީއަށެވެ.
