ގިޔާސުއްދީނުގައި އެސްއޯ ފުލުހުން ބާރު ބޭނުން ކުރި ގޮތް ރިވިއުކޮށް ފިޔަވަޅު އަޅަން ސަރުކާރުން އަންގައިފި

ފުލުހުން ރޭ ގިޔާސުއްދީން ސްކޫލް ކައިރި ހަރަކާތްތެރިވަނީ: ސަރުކާރުން އެންގީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް

ފުލުހުން ރޭ ގިޔާސުއްދީން ސްކޫލް ކައިރި ހަރަކާތްތެރިވަނީ: ސަރުކާރުން އެންގީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް

ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން ގިޔާސުއްދީންއަށް އެސްއޯ ފުލުހުން ގޮސް އާންމުންނާ ދެކޮޅަށް ރޭ ބާރުގެ ބޭނުން ކުރި ގޮތް ރިވިއު ކުރުމަށްފަހު ފިޔަވަޅު އަޅަން ސަރުކާރުން އަންގައިފި އެވެ.

ގިޔާސުއްދީން ސްކޫލަށް ރޭ އެސްއޯ ފުލުހުން ނެރުނު މައްސަލައިގެ ތަހުގީގު ރިޕޯޓު ބެލުމަށްފަހު މައިގަނޑު ފަސް ކުރުމަށް ސަރުކާރުން ފުލުހުންނަށް އެންގި އެވެ. އޭގެ ތެރޭގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުން ކުރި ގޮތް ރިވިއުކޮށް "އަޅަންޖެހޭ ފިޔަވަޅުތައް އެޅުން" ހިމެނެ އެވެ.

އޭގެ އިތުރުން އެސްއޯ ފުލުހުން ޑިޕްލޮއި ކުރާނެ ހާލަތްތައް އަލުން އެކުލަވާލައި، އެ ހާލަތްތަކުގައި ވެސް ސީޕީގެ ހުއްދަ ނަގަންޖެހޭ ގޮތަށް ބަދަލު ކުރަން ސަރުކާރުން އެންގި އެވެ.

ހޯމް މިނިސްްޓްރީ މެދުވެރިކޮށް ސަރުކާރުން ފުލުހުންނަށް އެންގި ކަންކަން:

  1. އެސްއޯ ފުލުހުން އެންގޭޖްވާންޖެހޭ ހާލަތްތައް އަލުން ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސް ސީޕީގެ ހުއްދަަ ނަގަންޖެހޭ ގޮތަށް ހެދުން
  2. ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާ ކުރުން
  3. ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އިހުމާލުވެފައިވާ މީހުންނަށް ފިޔަވަޅު އެޅުން
  4. އޮޕަރޭޝަނަލް ހާލަތްތުގައި މީޑިއާއަށް މައުލޫމާތު ދޭ ގޮތް މުރާޖައުކޮށް، މިހާރަށްވުރެ ދެ ފުށް ފެންނަ ގޮތަށް ހެދުން
  5. ޕީއެންއެފް ޖަލްސާގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރޭ ހިނގި ކަންތައްތަކާ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމަށެވެ. ރޭގައި ފުލުހުން ހަރަކާތްތެރިވީ ގޯސްކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން އޮއްވައި ރޭގަ މި ފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓްރަކްޝަން ދީފަ އޮންނާނީ އެއްގޮތަކަށް ވެސް ނުވާނެއޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް، އެއްގޮތަކަށް ވެސް ނުވާނެއޭ. ފޮނުވަންޖެހިއްޖެޔާ އަޅުގަނޑަށް އެނގޭނެއޭ މި ގައުމުގައި އެ ހިސާބަށް ދިޔައީމަ، އަޅުގަނޑު ދަންނަވާނަމޭ އެވަރުގެ ކަމެއް ކުރަންޖެހިއްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.

ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅިއިރު ރައީސް ހުންނެވީ ކެމްޕެއިން އިވެންޓެއްގަ އެވެ. އެސްއޯ ފުލުހުން ނުފޮނުވަން އަންގަވާފައި އޮތް ނަމަވެސް ގިޔާސުއްދީނަށް ފުލުހުން ގޮސް ހިނގި ކަންތައްތަކުގެ މައުލޫމާތު ފުލުހުން އަދި ހޯމް މިނިސްޓަރު ވެސް އެމަނިކުފާނަށް ނާންގާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިވެންޓު ނިމިގެން އަޅުގަނޑަށް މައުލޫމާތު ލިބުނީ އަދި ނޫހުން އަޅުގަނޑަށް ފޮޓޯ މި ފެނުނީ އެސްއޯ ފުލުހުން ގޮސްފަ އެތަނުގަ ބެރިކޭޑް ޖަހާ ދެން އެކި ކަންތައްތައް ހިންގި ތަން. އެއީ ވަރަށް ހިތާމަ ކުރާކަމެއް އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަން އޮތް ކަމެއްގައި އެހެން ދިޔައީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް ރޭ ގިޔާސުއްދީން ސްކޫލަސް ފުލުހުން ފޮނުވީ ސީދާ ރައީސް އަންގަވައިގެން ކަމަށް ޕީއެންއެފްގެ އިސް ވެރިން ބުނެ އެވެ. އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވަނީ "ޑެމޭޖް ކޮންޓްރޯލް" ކުރަން ކަމަށް ވެސް ޕީއެންއެފް އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox