ޑރ. އަހުމަދު ޒިޔާދު ބާގިރު

ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒިޔާދަކީ 2015 އިން 2018 އަށް ދިވެހިރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އިސްލާމީ އިލްމުވެރިއެއް ކަމަށްވާ ޒިޔާދު ވަނީ ޔުނިވާސިޓީ އޮފް މަލާޔާއިން އިސްލާމީ ޝަރީއަތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފަ އެވެ. އަދި މީގެ ކުރިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ހެޑް އޮފް ޝަރީއާ އެންޑް ލޯގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

4 ލިޔުން
އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކުކޮލަމް

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގުކޮލަމް

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހަރުދަނާ ވެރިކަމެއްގެ އަސާސް: ގާބިލުކަމާއި އަމާނާތްތެރިކަންކޮލަމް

ހަރުދަނާ ވެރިކަމެއްގެ އަސާސް: ގާބިލުކަމާއި އަމާނާތްތެރިކަން

ގައުމެއް ހިންގުމަށް އިސްކުރާ ވެރިއަކީ ތައުލީމާއި، ތަޖުރިބާއާއި، ހިންގުމުގެ ހުނަރު ހުރި ގާބިލު މީހަކަށް ވުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ގައުމުގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަރުދަނާ ވެރިއެއްގެ ސަބަބުން އިންސާފު ގާއިމުވެ، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމެއްގެ ތެރެއިން ގައުމުގެ މުސްތަގްބަލު އުޖާލާވެގެންދާނެއެވެ.