
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2154 ލިޔުން
ވިޔަފާރިސްޓޫޑަންޓުންގެ ޑޮލަރު ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލުއުފެދިއްޖެ
ނަމަވެސް ބީއެމްއެލްއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ތާށިކަން ހައްލުނުވަނީސް ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭ ލިމިޓު މަތިނުކުރެވޭނެ ކަމަށް މައުލޫމާތި ލިބިފައިވެ އެވެ.
ހަބަރުތިނަދޫ-ކާޑެއްދޫ ބްރިޖުގެ ދިރާސާތައް ހަދާނެ ބަޔަކު ހޯދަނީ
ހުވަދު އަތޮޅު ދެކުނު ބުރީގެ ވެރިކަން ކުރާ ރަށް ތިނަދު އާއި ކާޑެއްދޫ އެއާޕޯޓާ ދެމެދުގައިވާ ދުރުމިނަކީ 4.4 ކިލޯމީޓަރު. މިފަހުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި މި މަޝްރޫއަށް އިންވެސްޓަރުން ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް އަދި ފައިސާ ހަމަނުޖެހޭ.
ހަބަރުއިންތިހާބުތައް ފަސްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އޭނާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް، ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާ ހިމެނޭހެން 20 މާއްދާ އިސްލާހުކުރަން ހުށަހަޅާފަ އެވެ.
