ހުރިހާ ގައުމަކުން އަބަދު އެއްބާރުލުމެއް ނުލިބޭނެ، އެކަމަކު އިސްކުރާނީ މަޝްވަރާ: ޖައިޝަންކަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރައީސް އޮފީހުގައި: އަރިހުގައި އެ ހުންނެވީ އިންޑިއާ ސަފީރު މުނޫ މަހާވަރު --- ފޮޓޯ/ރައީސް އޮފީސް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރައީސް އޮފީހުގައި: އަރިހުގައި އެ ހުންނެވީ އިންޑިއާ ސަފީރު މުނޫ މަހާވަރު --- ފޮޓޯ/ރައީސް އޮފީސް

ހުރިހާ އިރެއްގައި އިންޑިއާއަށް އެއްބާރުލުން ނުލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އިސްކަން ދެނީ ވާހަކަ ދައްކައިގެން، ގައުމުތަކާ ބަދަހިކޮށްފައިވާ ގުޅުންތަކުގެ ތެރެއިން އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރަން ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ނާގްޕޫރުގައި ބޭއްވި ހާއްސަ ޓައުންހޯލް ބައްދަލުވުމެއްގައި ޖައިޝަންކަރު މިހެން ވިދާޅުވީ، ރާއްޖެ-އިންޑިއާގެ ގުޅުމަށް ލޮޅުން އައިސްފައިވާކަން ފާހަގަކުރަމުން، ސަރުކާރުތައް ބަދަލުވިޔަސް އިންޑިއާގެ މަސްލަހަތު ކުރިއަރުވަން ކުރެވޭ މަސައްކަތަކީ ކޮބައިތޯ އިންޑިއާގެ ޒުވާނަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖަވާބުގައި ޖައިޝަންކަރު ފުރަތަމަ ވެސް ފާހަގަކުރެއްވީ އިންޑިއާ "ނެއިބާހުޑް ފަސްޓް" ސިޔާސަތެވެ. އޭނާ ވިދާޅުވީ އެ ސިޔާސަތަކީ އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރުމުގެ މުހިންމު ބައެއް ކަމަށެވެ. މިހެން ނަމަވެސް ސިޔާސީ އޮއިވަރަށް އަންނަ ބަދަލާ އެކީ އިންޑިއާ އޮންނަ ގުޅުމަށް ބަދަލު އަންނާނެކަން ގަބޫލުކުރައްވާ ކަމަށް، ރާއްޖޭގެ ނަން ނުުގަނެ ދެއްވި ޖަވާބުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރަމެން ކުރަން މިއުޅޭ ކަންތަކުގެ ބައެއް އެއީ ނެއިބަހުޑް ފަސްޓް ސިޔާސަތު. މިހެން ނަމަވެސް ސިޔާސީ ކަންކަމަކީ ސިޔާސީ ކަންކަން. އެހެންވެ އަހަރެންނަކަށް ޔަގީންކަމެއް ނުދެވޭނެ ކޮންމެ ގައުމެއްގައި ކޮންމެ ދުވަހެއްގައި ހުރިހާ އެންމެން އިންޑިއާއާ އެއްބަސްވެ އިންޑިއާއަށް އެހީތެރިވެދޭނެ ކަމަށް،" އިނގިރޭސިން ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާއިން މައްސަލަތައް ހައްލުކުރަން ގެންގުޅޭ ވިސްނުން ހާމަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، އެ ގައުމުން ކުރަމުން އަންނަ ކަމަކީ އަދި ވޭތުވި ދިހަ އަހަރުގެ ތެރޭގައި އެންމެ ކާމިޔާބު ކަމާއެކީ ކުރި ކަމަކީ ގައުމުތަކާ އެކީ އޮންނަ ގުޅުންތައް ވަރުގަދަ ކުރުން ކަމަށެވެ. ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ އޮއިވަރަށް ބަދަލު އަޔަސް ގައުމުތަކުގެ ރައްޔިތުން އިންޑިއާ މެދު ރަނގަޅަށް ދެކުމެވެ.

މި ގުޅުންތައް ބިނާކުރަން ކުރެވޭ މަސައްކަތްތައް ބަޔާންކުރައްވަމުން އިންޑިއާގެ އެހީގައި ހިންގަމުންދާ އުމްރާނީ ތަރައްގީ އާއި ހަކަތަ ފޯރުކޮށްދިނުމާއި އިގުތިސޯދީ ގޮތުން، ވިޔަފާރި އާއި އިންވެސްޓުމަންޓުތަކުގެ އިތުރުން ގައުމުތަކަށް ޗުއްޓީއަށް ދިޔުން ޖައިޝަންކަރު ފާހަގަކުރެއްވި އެވެ. އަދި މި ހުރިހާ ކަމަކާ އެކީ ގުޅުން ގޯސްވާ ހާލަތުގައި ޑިޕްލޮމަސީގައި އިސްކަން ދެނީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކީ މި ގުޅުންތައް ތަރައްގީކުރެވޭނެ ގޮތްތައް. ބައެއް ފަހަރު އަހަރަމެން ބޭނުންވާ ގޮތަށް ކަންކަން ނުދިޔައިމަ ނުވަތަ ނުރަނގަޅު ދިމާލަކަށް ދާނަމަ، އަހަރެން މި އުޅޭ [ޑިޕްލޮމަސީ] ދާއިރާގައި މަސައްކަތް ކުރަނީ ވާހަކަ ދައްކައިގެން ކުރީގެ ގުޅުންތައް އިއާދަ ކުރެވޭތޯ،" ޖައިޝަންކަރު ވިދާޅުވި އެވެ.

ޗުއްޓީއާ ގުޅުވާ ދެއްކެވި ވާހަކައިގައި ވެސް ސީދާ ރާއްޖެއޭ ޖައިޝަންކަރު ވިދާޅުވި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އޭނާގެ މި ވާހަކަތައް އިޝާރާތްކުރެއްވީ އިންޑިއާގައި ރާއްޖެ ބޮއިކޮޓު ކުރަން ހިންގަމުންދާ ކެމްޕެއިނަށެވެ. މި މައްސަލައިގައި ދެ ގައުމުގެ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox