Advertisement

އުރީދޫ އެއާ ފައިބާއިން ވަގުތުން ގެއަށް ވައިފައި


އުރީދޫ އެއާ ފައިބާއިން ވަގުތުން ގެއަށް ވައިފައި

އުރީދޫ 5ޖީ އެއާފައިބާ އަކީ ކޭބަލް ބޭނުންކުރުމަކާ ނުލައި ގޭބިސީތަކަށް ވަގުތުން ވައިފައިގެ ހިދުމަތް ފޯރުކޮށްދޭ ހިދުމަތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، ހަލުވިކަމާއެކު އިންޓަނެޓާ ގުޅިފައި ހުރުމުގެ ފުރުސަތު މި ހިދުމަތުން ފަހިކޮށްދެ އެވެ.

މި ހިދުމަތް ހަރުކުރުމަށް ނަގާނީ މަދު މިނެޓު ކޮޅެކެވެ. އުރީދޫ އެއަފައިބާ އާއެކު ކަސްޓަމަރުންނަށް 100 އެމްބީޕީއެސް އިން ފެށިގެން މަތީ ސްޕީޑުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. އެއީ ވަގުތުންވަގުތަށް އިންޓަނެޓު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފުރުސަތެކެވެ.

އާ ގެއަކަށް ބަދަލުވުމުގައި ނުވަތަ މަސައްކަތު މާހައުލެއް ގާއިމުކުރުމުގައި ވެސް، އުރީދޫ އެއާފައިބާ މެދުވެރިކޮށް ފަސޭހަ ކަމާއެކު އިންޓަނެޓް ބޭނުންކުރެވޭނެ އެވެ.

އުރީދޫ އެއާފައިބާގެ އަސްލަކީ 5ޖީ ޓެކްނޮލޮޖީގެ ބާރުގަދަ ނެޓްވޯކެވެ. އެއީ ހަލުވި އަދި އިތުބާރު ހުރި ހިދުމަތެކެވެ. ފިލްމު ބެލުމާއި، ވީޑިއޯ ކޯލު ކުރުމާއި، އޮންލައިން ކްލާސްތަކުގައި ބައިވެރިވުމާއި، ގޭމް ކުޅުން ފަދަ ކަންކަމުގައި އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު މި ހިދުމަތުން ލިބެ އެވެ.

ޒަމާނީ ދިރިއުޅުމަށް ފަރުމާކޮށްފައިވާ އުރީދޫ އެއާފައިބާ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު މިނިވަންކަމެއް ލިބޭ:

• ލެގް ނެތި ގޭމް ކުޅުމުގެ ފުރުސަތު.

• ކޮންމެ ތަނެއްގައި ހުރެގެން ވެސް ހަލުވި އިންޓަނެޓާ އެކު މަސައްކަތް ކުރުން.

• އޮންލައިންކޮށް ކިޔެވުމަށް ފަސޭހަވުން.

• ވީޑިއޯ އަދި އެހެނިހެން ކޮންޓެންޓް ދަތިކަމެއް ނެތި ބެލުން.

އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކާއެކު 100 އެމްބީޕީއެސް އިން ފެށިގެން މަތީ ސްޕީޑުތަކެއް މި ހިދުމަތުގައި ހިމެނެ އެވެ. މިއީ ގޭބިސީތަކާއި ވިޔަފާރިތަކުގެ ޑިޖިޓަލް ބޭނުންތައް ފުއްދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

އިތުރު ފަސޭހައެއްގެ ގޮތުން، މި ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ޑިވައިސް ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ދަނީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ތަސައްވުރުގެ ދަށުން، ދިރިއުޅުމަށް ފަސޭހަވާނެ އީޖާދީ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. އުރީދޫ އެއާފައިބާ އަކީ ކަސްޓަމަރުންނަށް ހަލުވި އަދި ފަސޭހަ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

ވަގުތުން ގުޅާލުމުގެ ތަޖުރިބާ ހޯއްދަވާށެވެ. މިނިވަންކަމާއެކު އިންޓަނެޓް ބޭނުންކުރައްވާށެވެ. އުރީދޫ އެއާފައިބާގެ ހިދުމަތް ތަޖުރިބާކުރައްވާށެވެ.

އެޑިޓަރުގެ ނޯޓު


މިއީ އުރީދޫގެ އެޑްވަޓޯރިއަލް އެކެވެ.