15 މާރިޗު 2026 - 14:24 0
ލީވާން އަލީ ނާސިރު
15 މާރިޗު 2026 - 14:24 0
މި އަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އުރީދޫ ކަރާފެޅުން ގޭމުގައި އުރީދޫ މޯލްޑިވްސް އިން ވަނީ "ކަރާ ކުއެސްޓް" ތައާރަފްކޮށްފި އެވެ.
އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އެވެ.
"މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެއް،" އުރީދޫ އިން ބުންޏެވެ.
ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެ އެވެ. އެއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. އެގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެ އެވެ.
މި ފީޗާގެ ސަބަބުން އުރީދޫ ކަރާ ފެޅުމަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދާ ކަމަށާއި ރޯދަ މަހުގެ ރޫހުގައި އާއިލާއާއި ރައްޓެހިންނާއެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ކަރާފެޅުމަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ.
ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭއިރު، އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބެ އެވެ.
ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ތައާރަފުކުރަމުން ގެންދެ އެވެ.
Comment