about 1 hour 0
about 1 hour 0
އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗު މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އީ-ސިމް ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމުގެ އިތުރުން އެކި އެޕްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެވެ.
މިކަމުގެ ސަބަބުން ކަސްރަތު ކުރުމާއި ބޭރުތެރޭގެ ހަރަކާތްތަކުގައި އުޅޭއިރު ފޯނު އަތުގައި ނެތަސް މުއާމަލާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސް އެވެ. އުރީދޫ ގްރޫޕުގެ ތެރެއިން މި ޒަމާނީ ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ހަ މަސް ދުވަހުގެ މި ޕްރޮމޯޝަން މުއްދަތު ހަމަވުމުން، މަހަކު 199ރ. ގެ ފީއެއް ދައްކައިގެން މި ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް މޮބައިލްގެ "އެލް ސްޓޫޑިއޯ" ފިހާރައިން ގަންނަ އެޕަލް ވޮޗުތަކަށެވެ. މިއީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އުރީދޫގެ ޒަމާނީ ކަނެކްޓިވިޓީ އެއްތަނަކުން ތަޖުރިބާކޮށްލުމަށް ކަސްޓަމަރުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
Comment