Advertisement

އުރީދޫގެ 16 ވަނަ އުމްރާ ދަތުރު އާމިނަތު މަލްޝާއަށް

18 މާރިޗު 2026 - 12:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫގެ 16 ވަނަ އުމްރާ ދަތުރު އާމިނަތު މަލްޝާއަށް

18 މާރިޗު 2026 - 12:33 0

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 16 ވަނަ އުމްރާ ދަތުރު ލިބުނު ނަސީބުވެރި ފަރާތަކަށް ށ. ގޮއިދޫ, އާމިނަތު މަލްޝާ ހޮވިއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އިނާމަކަށް ދިނުމަށް ހަމަޖެހިފައިވަނީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

މީގެއިތުރުން އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކޮށްގެން ވެސް ޕްރޮމޯޝަންގައިވެރިވެވެ އެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ލަކީޑްރޯއަށް ޝަރުތު ހަމަވެ އެވެ.

އުރީދޫގެ މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.