about 1 hour 0
ސާއިފް ޝިޔާދު
ރައީސް މުއިއްޒު އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު. ރަށްރަށުގައި އެކަނި އެ މިނިސްޓްރީގެ 225 ސިޔާސީ މުވައްޒަފުން އެބަ ތިބި
about 1 hour 0
ރާއްޖޭގެ އެކި ރަށްރަށުގައި ސްޕޯޓްސް މިނިސްޓްރީން މުސާރަ ދޭ 200 އަށްވުރެ ގިނަ މީހުން ތިބިއިރު އެ މީހުންގެ މުސާރައަށް 3.8 މިލިއަން ހަރަދުވާކަން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ގިނަ ސަރުކާރުތަކުގައި ޔޫތު އެންޑް ސްޕޯޓްސް އެއް މިނިސްޓްރީއެއްގެ ދަށުން ހިންގަމުންދިޔަ ނަމަވެސް މި ސަރުކާރުން ވަކި ދެ މިނިސްޓްރީއެއް އުފެއްދި އެވެ. ސްޕޯޓްސް މިނިސްޓަރަކީ އަބްދުالله ރާފިއު އެވެ.
އަދަދު ނޫހަށް ވަނީ އެ މިނިސްޓްރީން އެކި ރަށްރަށަށް ނަގާފައިވާ މުވައްޒަފުންގެ ނަމާއި، މަގާމާއި، އެ މީހުން ވަޒީފާ އަދާކުރާ ރަށްރަށުގެ ލިސްޓެއް ލިބިފަ އެވެ.
އެ ލިސްޓަށް ބަލާއިރު އެ މީހުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 3.85 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 46.2 މިލިއަން ރުފިޔާ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި ބާކީ އޮތް 31 މަސްދުވަހު އެ 225 މުވައްޒަފުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން 119 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަން ޖެހޭނެ އެވެ.
އަދަދުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން ބައެއް މުވައްޒަފުން ވަޒީފާއަށް ނުކުންނާނެ އޮފީހެއް ވެސް އެ ރަށްރަށުގައި ނެތެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ގިނަ ވަގުތު ހޭދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕޭން ހަރަކާތްތަކުގަ އެވެ.
Comment