Advertisement

ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް


ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް

ދިރާގުގެ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ އެންމެ ފަހު ފުރުސަތު މާޗު 31، ގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓަކާއި، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އޭއިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފަ އެވެ. ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު އެވެ.