Advertisement

ދިރާގުގެ އީދު ހަދިޔާ: ސީގަލް ކެފޭއިން 1ރ. އަށް އައިސްކްރީމް ބޮވޭނެ


ދިރާގުގެ އީދު ހަދިޔާ: ސީގަލް ކެފޭއިން 1ރ. އަށް އައިސްކްރީމް ބޮވޭނެ

ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި މާދަމާ ކަސްޓަމަރުންނަށް 1ރ. އަށް ސީގަލް ކެފޭ އުން އައިސްކްރީމް ލިބޭނެ ކަމަށް ބުނެފި އެވެ.

ދިރާގުން ބުނީ މާދަމާ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 ޖެހުމާ ހަަމައަށް ސީގަލް ކެފޭއަށް އާއިލާއާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"މި ދުވަހު ކަސްޓަމަރުންނަށް ސީގަލް ކެފޭއިން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބި، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބިގެންދާނެ،" ދިރާގުން ބުންޏެވެ.

މިގޮތުން، ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށްފަހު ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މާދަމާ ކަނޑައަޅާފައިވާ ގަޑީގައި ސީގަލް އިން އައިސްކްރީމް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުޕޭއިން ވަނީ މިދިޔަ އަހަރު ވެސް މިފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.