Advertisement

އުރީދޫގެ ކަރާ ފެޅުން މާޗު 26، އާ ހަމައަށް ދަންމާލައިފި


އުރީދޫގެ ކަރާ ފެޅުން މާޗު 26، އާ ހަމައަށް ދަންމާލައިފި

އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، "ކަރާ ފެޅުން" ކުރިއަށްގެންދާ މުއްދަތު މާޗު 26، ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އުރީދޫ އިން ބުނީ ކަރާ ފެޅުން ކުރިއަށްގެންދާ މުއްދަތު އިތުރުކުރީ މުޅި ރާއްޖެއިން ގޭމަށް ލިބެމުންދާ ތަރުހީބަށް ބެލުމަށްފަހު ކަމަށެވެ.

"ކަސްޓަމަރުންނަށް ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި ހަރަކާތް މިހާރު މާރިޗު 26، 2026 ގެ ނިޔަލަށް ކުރިއަށްދާނެ. މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހު،" އުރީދޫއިން ބުންޏެވެ.

މި ބަދަލާއެކު އެއް ލައްކަ ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. ގްރޭންޑް ޕްރައިޒެގެ ބަންޑަލް ތެރޭގައި އެންމެ ފަހުގެ ދެ ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވެ އެވެ.

ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ކެމްޕޭންގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މިގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ ކަރާ ފެޅުމަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރޯދަ މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް "ކަރާ ކުއެސްޓް" ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ.

އުރީދޫ މޯލްޑިވްސް އިން ހުރިހާ ކަސްޓަމަރުންނަށް ދައުވަތު ދެނީ މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށެވެ.