Advertisement

ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފިއިފި

11 މާރިޗު 2026 - 12:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފިއިފި

11 މާރިޗު 2026 - 12:20 0

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ކަމުގައިވާ ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފި އެވެ.

ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

މި މުބާރާތައް މި އަހަރު ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން ވަނީ 112 ޓީމަކުން ބައިވެރިވެފައެވެ.

މި މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:

އަންހެން ޑިވިޝަން

• 8 އަހަރުން ދަށް: ސްވިޝް

• 10 އަހަރުން ދަށް: ބްލޫ ޕެންތާސް

• 12 އަހަރުން ދަށް: ވޮރިއާސް

• 14 އަހަރުން ދަށް: ދި ލޭކާސް

• 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް

• 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް

ފިރިހެން ޑިވިޝަން

• 8 އަހަރުން ދަށް: ސުޕަ ސްޓްރައިކާސް

• 10 އަހަރުން ދަށް: ހޮޓްވީލާސް

• 12 އަހަރުން ދަށް: ސިލްވާ ބްލޭޒާ

• 14 އަހަރުން ދަށް: އާޗާސް ބީސީ

• 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް

• 18 އަހަރުން ދަށް: ލޭޒާ

އަންހެން ޑިވިޝަން

• އަންހެން އޯޕަން: ސެސަމޭ

• ޕޭރަންޓްސް: އަންރޭންކްޑް

ފިރިހެން ޑިވިޝަން

• ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗާސް

• ފިރިހެން ޑިވިޝަން 2: ލައްޓި

• ޕޭރަންޓްސް: ބޯލް ބަޑީސް

ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.