about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް މިއަދު ބަހައްޓައިފި އެވެ.
އދ. ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތުނޑު ކުނާ އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު އެވެ.
މި ތުނޑު ކުނަލަކީ ރާއްޖެއިން އދ. ގެ މައި މަރުކަޒަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ތުނޑު ކުނާ އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމީ ރައީސް މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުގެ ތެރެއިން ކަމަށެވެ.
މި ތުނޑުކުނާ ތައްޔާރުކުރީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ރާއްޖެ، އ.ދ. ގެ މެންބަރަކަށް ވިތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށެވެ.
އ.ދ. ގެ މައި މަރުކަޒުގައި ބެހެއްޓި މި ތުނޑު ކުނާ ފަރުމާ ކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ މަޝްހޫރު، ގދ. ގައްދޫގެ ބޭފުޅެކެވެ.
Comment