Advertisement

ހަމަލާތައް ކުށްވެރިނުކޮށް، ސަރުކާރުން އެންގީ މެދުއިރުމަތީގެ ތިބި ދިވެހިން ގޭގައި ތިބެން

about 2 hours 0

ރައީސް މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު: މި ހަމަލާތަކާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން ވަކި އެއްޗެއް ނުބުނޭ --- ފޮޓޯ: ރައީސް އޮފީސް


ހަމަލާތައް ކުށްވެރިނުކޮށް، ސަރުކާރުން އެންގީ މެދުއިރުމަތީގެ ތިބި ދިވެހިން ގޭގައި ތިބެން

about 2 hours 0

އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދިއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވާން ދިވެހި ސަރުކާރުން މިރޭ އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ހަމަލާތައް އަމާޒު ވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން ގެއިން ނިކުތުން މަދުކުރުމަށާއި، އެ ގައުމުތަކުގެ ސަރުކާރުން ދޭ އިރުޝާދާ އެއް ގޮތަށް އަމަލުކުރަން ބުނެފަ އެވެ.

"މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މި މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން މިދަނީ ގާތުން ބަލަމުން،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީ ވާން ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ހަމަލާތަކާ ގުޅިގެން ރައްކާތެރިކަން ހޯދަން އެންގި ނަމަވެސް މި ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

މެދުއިރުމަތީގެ ހާލަތު ކުއްލިއަކަށް ގޯސްވެފައިވާއިރު، މިއަދު ހެނދުނު އެމެރިކާ އާއި އިޒްރޭލުން ވަނީ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ބޮން އަޅާފަ އެވެ. ރައްދުގައި އިރާނުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.