Advertisement

މާޗް 8، ގައި އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނަށް ފަހު 10 ގެ އެޓެންޑެންސް އެލްވެންސް ނުލިބޭ ގޮތް ހަދައިފި

ވެލާނާގެއަށް މުވައްޒަފަކު ވަންނަނީ --- ފޮޓޯ: އަދަދު


މާޗް 8، ގައި އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނަށް ފަހު 10 ގެ އެޓެންޑެންސް އެލްވެންސް ނުލިބޭ ގޮތް ހަދައިފި

ރޯދަ މަހުގެ ފަހު 10 އަކަށް ސަރުކާރު ބަންދުވުމުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަހު އެއްވެސް ސަބަބަކާހުރެ އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނަށް ބަންދު މުއްދަތުގައި އެޓެންޑެންސް އެލެވެންސް ނުލިބޭނެ ކަމަށް ސަރުކާރު މުވައްޒަފުންނަށް އަންގައިފި އެވެ.

ސަރުކާރު މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި ބުނެފައި ވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަހަކީ މާޗު 8، ކަމަށެވެ. އަދި އެ ދުވަހު އާއިލީ ޒިންމާއެއް، ސަލާމެއް ނުވަތަ އެ ނޫން ވެސް އެއްވެސް ޗުއްޓީއެއްގައި ހުންނަ މުވައްޒަފަކަށް ވެސް ފަހު 10 ގައި އެޓެންޑެންސް އެލެވެންސް ނުލިބޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެ އެވެ.

ސަރުކާރުން މި ނިންމުން ނިންމައި، މުވައްޒަފުންނަށް އަންގަން ފަށާފައި މިވަނީ، ރޯދަ މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައެޅުމަށްފަހު އެވެ. ރޯދަ މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި މިދިޔަ އަހަރު ވެސް ކަނޑައެޅި އެވެ. ނަމަވެސް، މި އަހަރު އެ މުއްދަތުގައި ވެސް އެޓެންޑެންސް އެލެވެންސް ދޭ ގޮތަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މި ނިންމުމާއެކު، މިހާރު އަހަރީ ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް މި ރޯދަ މަހުގެ ފަހު 10، ގައި އެޓެންޑެންސް އެލެވެންސެއް ނުލިބޭނެ އެވެ.