Advertisement

ހަނދެއް ނުފެނުނު، ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް

18 މާރިޗު 2026 - 23:16 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ހަނދު ކޭތަ ހިފާފައި ހުރި ރެއެއްގައި، ހަނދު -- ފޮޓޯ: އަދަދު


ހަނދެއް ނުފެނުނު، ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް

18 މާރިޗު 2026 - 23:16 0

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިކަން އިއުލާނު ކުރީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މިރޭ ހަނދު ފެނިފައި ނުވާތީ މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށެވެ.

މި އަހަރުގެ ފިތުރު އީދާ ކުރިމަތިލާއިރު، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ދަނީ އަސަރުކުރަމުންނެވެ. އެގޮތުން ތެލާއި އަސާސީ ބައެއް ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ދަނީ ދުނިޔޭގެ ބާޒާރުގައި އުފުލެމުންނެވެ.

އެހެންނަމަވެސް، ހަރަދު ކުޑަ ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން އަދި އަޅައިފައެއް ނުވެ އެވެ.