Advertisement

އައިކެއާގެ "ނަޔާ ރޯދަ ހަދިޔާ": 30 ޕަސެންޓު ޑިސްކައުންޓު، އަދި ލަންކާ ދަތުރެއް!

20 ފެބުރުވަރީ 2026 - 10:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައިކެއާ


އައިކެއާގެ "ނަޔާ ރޯދަ ހަދިޔާ": 30 ޕަސެންޓު ޑިސްކައުންޓު، އަދި ލަންކާ ދަތުރެއް!

20 ފެބުރުވަރީ 2026 - 10:35 1

"ނަޔާ ރޯދަ ހަދިޔާ 2026" ގެ ނަމުގައި އައިކެއާ އޮޕްޓިކަލްސްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމުގެ އިތުރުން، އާއިލާ ނުވަތަ ރައްޓެހިންނާއެކު ރާއްޖޭން ބޭރުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮމޯޝަންގެ އެންމެ ހާއްސަ އިނާމަކީ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ލިބޭ، ސްރީލަންކާގެ 4 ރޭގެ ފުލް ޕެކޭޖް ދަތުރެވެ. ހަތަރު މީހުންގެ އާއިލާއަކަށް ނުވަތަ ގްރޫޕަކަށް ދެވޭ މި ދަތުރުގެ ތެރޭގައި ހިމެނެނީ؛

  • ދެކޮޅު ފްލައިޓް ޓިކެޓް
  • ހުރުމުގެ ހުރިހާ އިންތިޒާމެއް
  • ފުލް ބޯޑު މީލްސް (ތިންއިރުގެ ކެއުން)
  • ލަންކާގެ ހިތްގައިމު ތިން މަންޒިލް ކަމަށްވާ ކެންޑީ، ނުވަރައެލިޔާ އަދި އެލާ ބަލާލުމުގެ ފުރުސަތު

މި ގުރުއަތުގައި ބައިވެރިވެވޭނީ އައިކެއާގެ އައުޓްލެޓްތަކުން އެއްފަހަރާ 500 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތް ހޮވައި، އައިކެއާގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާން ކުރާނެއެވެ.

"ނަޔާ ރޯދަ ހަދިޔާ" ޕްރޮމޯޝަންގެ ދަށުން، އައިކެއާއިން ހޮވާލެވިފައިވާ ބްރޭންޑްތަކުގެ ފްރޭމްތަކާއި އަވިއައިނުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން، ޝަރުތުހަމަވާ ވިޔަފާރިތަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ފެބްރުވަރީ 18 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު 26 ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އައިކެއާގެ ހުރިހާ ފިހާރަތަކަކުންވެސް މިހާރު މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އައިކެއާއިން ވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށްފައެވެ. ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އައިކެއަރގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.