Advertisement

ޓޯޓަލް ފިޒިއޯ އިން ފުލުހުންގެ ވެލްފެއާ ސްކީމްގެ ދަށުން ހިދުމަތް ދޭން ފަށައިފި

about 2 hours 0

ޓޯޓަލް ފިޒިއޯގައި ބަލި މީހަކަށް ފަރުވާ ދެނީ. -- ފޮޓޯ: އަދަދު


ޓޯޓަލް ފިޒިއޯ އިން ފުލުހުންގެ ވެލްފެއާ ސްކީމްގެ ދަށުން ހިދުމަތް ދޭން ފަށައިފި

about 2 hours 0

ފިޒިއޮތެރަޕީގެ ޒަމާނީ ފަރުވާ ފޯރުކޮށްދޭ ކްލިނިކް، "ޓޯޓަލް ފިޒިއޯ" އިން ފުލުހުންގެ ވެލްފެއާ ސްކީމްގެ ދަށުން ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ އެ ކްލިނިކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރުކުރެވުނު މުހިންމު ހިދުމަތެކެވެ. މީގެ ކުރިން އެ ކްލިނިކުން ވަނީ ސޮލަރެލް އިންޝުއަރެންސްގެ ހިދުމަތް ވެސް ބަލައިގަންނަން ފަށާފަ އެވެ.

ޓޯޓަލް ފިޒިއޯ އިން ބުނީ އިތުރު އިންޝުއަރެންސް ކުންފުނިތަކުގެ ހިދުމަތް ވެސް އެ ކްލިނިކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަހުގެ އެޑްވާންސްޑު ލޭޒާ ތެރަޕީ އާއި ކްރަޔޯތެރަޕީ ރާއްޖެއަށް ތައާރަފުކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިންގިލާބީ ބަދަލެއް ގެނެސް ޓޯޓަލް ފިޒިއޯ އިން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފިޒިއޮތެރަޕީގެ އެންމެ އެޑްވާންސް ހިދުމަތްތައް އެ ކްލިނިކުން ފޯރުކޮށްދެނީ ހަމައެކަނި ކްލިނިކް ހެދިފައިވާ އިމާރާތުގެ ހަތަރުފާރުގެ ތެރޭގައެއް ނޫނެވެ. ބަލީގެ ބާވަތުން އެނދުގައި އޮންނަން ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ގޮސްއުޅުމަށް ދަތި ފަރާތްތަކުގެ އިތުރުން، އޮޕަރޭޝަނަށް ފަހު ފަރުވާ ބޭނުންވާ ފަރާތްތަކަށް ގޭގެއަށް ގޮސްގެން ވެސް އެ ކްލިނިކުން ފަރުވާ ދެ އެވެ.

މި ކްލިނިކުން ފަރުވާ ހޯދުމަށްޓަކައި ކުރިއާލާ އިތުރު ޑޮކްޓަރެއްގެ ލިޔުމެއް ހޯދާކަށް ނުޖެހެ އެވެ. ކްލިނިކްގެ ތަޖުރިބާކާރު ފިޒިއޯތެރަޕިސްޓުންގެ ޓީމުން ބަލިމީހާ އެސެސް ކުރުމަށްފަހު، ބޭނުންވާ ފަރުވާ އާއި ފަރުވާގެ ތާވަލު އެމީހަކާ ހިއްސާ ކުރާނެ އެވެ.

ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގައި ހުންނަ މި ކްލިނިކްގައި ތިބީ ދާއިރާގެ މާހިރުންނެވެ. އެ މީހުންގެ ތަޖުރިބާ އާއި ޒަމާނީ ވަސީލަތްތަކަކީ ޓޯޓަލް ފިޒިއޯގެ އެންމެ ބޮޑު ކާމިޔާބީ އެވެ.

ކްލިނިކްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށާއި ބުކިން ހެދުމަށް 3301700 ނުވަތަ 7661700 އަށް ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކޮށް އެޕޮއިންޓްމެންޓް ހެދޭނެ އެވެ.