17 ފެބުރުވަރީ 2026 - 15:27 0
ލީވާން އަލީ ނާސިރު
ރިއްފަތު އަބްދުﷲ: އޭނާ މަގާމަށް އައްޔަންކުރަން ފާސްވީ 58 މެންބަރުންގެ ވޯޓާއެކީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
17 ފެބުރުވަރީ 2026 - 15:27 0
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް އެ ކޮމިޝަނުގެ ކުރީގެ ވަކީލު މ. ވޭވަށް، ކިނާރާ، ރިއްފަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިއްފަތު އައްޔަން ކުރުމަށް ނެގި ވޯޓުގައި އޭނާ އައްޔަންކުރަން ފެންނަ ކަމަށް ޖުމްލަ 58 މެންބަރަކު ވޯޓު ދިންއިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ނެތެވެ.
އިލެކްޝަނުގެ މެންބަރަކަށް ރިއްފަތު އައްޔަންކުރީ އެ ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ދައުރު ފެބްރުއަރީ 21، ގައި ހަމަވާތީ އެވެ.
އިލެކްޝަން ކޮމިޝަނުގައި މިވަގުތު ފަސް މެންބަރުން އެބަ ތިއްވެވި އެވެ. އެއީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި ނައިބުރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދާއި ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއިލް އެވެ.
Comment