Advertisement

ދެ އިންތިހާބު އެއްކޮށްލާ ރިފަރެންޑަމްގައި ވޯޓު އެޅުމަށް ރީރަޖިސްޓްރީވުމަށް ހުޅުވާލައިފި

18 ފެބުރުވަރީ 2026 - 12:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަޖިލިސް އިންތިހާބު 2024 ގެ ވޯޓުލުން ކުރިއަށްދަނީ --- ފޮޓޯ: އަދަދު ފައިލް


ދެ އިންތިހާބު އެއްކޮށްލާ ރިފަރެންޑަމްގައި ވޯޓު އެޅުމަށް ރީރަޖިސްޓްރީވުމަށް ހުޅުވާލައިފި

18 ފެބުރުވަރީ 2026 - 12:44 0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހެނދު ނެރުނު އިއުލާނެއްގައި ވާ ގޮތުން އެ މުއްދަތު ހަމަވާނީ ފެބްރުއަރީ 22، ގެ މެންދުރުފަހު 03:00 ގަ އެވެ.

އެ މުއްދަތުގައި އަލުން ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހެނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާތަން ބަދަލުކުރުމަށް ބޭނުންވާ މީހުން އެކަނި ކަމަށް އީސީން ބުނެ އެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ އެ ސުވާލަކީ:

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ.

އެ ސުވާލަށް ރައްޔިތުންގެ ތާއިދު އޮތްކަމަށް ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު އެވެ.