about 2 hours 0
ސާއިފް ޝިޔާދު
ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު މަސް ބޯޓެއް ހުއްޓުވައި ބޯޑު ކުރުމަށް ސިފައިން ތައްޔާރުވަމުންދަނީ ---- ފޮޓޯ: އެމްއެންޑީއެފް
about 2 hours 0
ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްގެ ސަރަހައްދީ ކަނޑަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިން ކަނޑައެޅި ނިންމުމަށް ގޮންޖަހައި، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން އިއުލާންކޮށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނުގައި ދެ ބޯޓެއް ހުއްޓުވީ ރާއްޖޭގެ ސަރަހައްދުންކަން އެނގިއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވި ފެބްރުއަރީ 5، 2026 ގައި މުއިއްޒު ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ނިންމާފަ އެވެ.
އެ ނިންމުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ޑިފެންސް މިނިސްޓްރީން އެ ރޭ އިއުލާން ކުރި އެވެ. މޮރިޝަސްއަށް ބައިނަލްއަގްވާމީ ކޯޓުން ދިން ބަޔަށް ދިވެހި ސިފައިން ވަދެ އޮޕަރޭޝަނެއް ހިންގައި ދެ ބޯޓެއް ހުއްޓުވި ކަމަށް އަދަދު ނޫހުން ވެސް މީގެކުރިން ރިޕޯޓުކޮށްފައިވާނެ އެވެ.
"މި މަހުގެ 4ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ސަރވައިލަންސް އޮޕަރޭޝަނުގައި، ދިވެހިރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ވަނީ ހަމަޖެހިފައި،" އެ ދުވަހު އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
ބޯޓުތައް ހުއްޓުވި ސަރަހައްދު
ނަމަވެސް، އާންމުކޮށްފައިވާ މައުލޫމާތުތައް އިތުރަށް ބަލައި ދިރާސާކުރިއިރު އެ ދެ ބޯޓު ސިފައިންގެ މަނަވަރު ދަރުމަވަންތައިން ހުއްޓުވީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއިންކަން ވަނީ ހޯދިފަ އެވެ.
އެ އޮޕަރޭޝަން ހިންގާކަން އެމްއެންޑީއެފްއިން އިއުލާން ކުރުމާއެކު އަދަދު ނޫހުން ވަނީ އޮޕަރޭޝަނުގެ ބައެއް މައުލޫމާތުތައް ހިއްސާކޮށްދިނުމަށް ޑިފެންސް މިނިސްޓްރީއާ ސުވާލުކޮށްފަ އެވެ. ނަމަވެސް، އެ މިނިސްޓްރީގެ ބަހެއް އެކަމުގައި މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އިޓްލޮސްއިން އިކުއިޑިސްޓެންސްގެ ހަމައިން ކަނޑު ބައިކުރުމުގެ ކުރިން އައްޑޫ އަތޮޅު ގަމުން ފެށިގެން 200 ނޯޓިކަލް މޭލަކީ ރާއްޖޭގެ ސަރަހައްދެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބުމުން ކަނޑު ބައިކުރަން ޖެހުނުއިރު ދެ ގައުމުގެ މެދުގައި ބޯޑަރު ފުށުއަރާ 92،000 އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދެއް އޮތެވެ.
އެ ސަރަހައްދު ބައިކުރިއިރު ރާއްޖެއަށް 47,232 އަކަ ކިލޯމީޓަރު ލިބުނުއިރު މޮރިޝަސްއަށް ލިބުނީ 45,331 އަކަކިލޯމީޓަރެވެ. އެ ނިންމުމާއެކު ބޯޑަރު ބައިކުރާ ރޮނގު ފެށެނީ އައްޑޫ އަތޮޅު ގަމުން ފެށިގެން 106.5 ނޯޓިކަލް މޭލާ ހަމައިންނެވެ.
ސްރީ ލަންކާގެ އެ ދެ މަސްބޯޓު ހުއްޓުވާފައި އޮތީ އައްޑޫ އަތޮޅު ގަމާ 104 ނޯޓިކަލް މޭލު ދުރުންނެވެ. ބޯޑަރު ފެށޭ ހިސާބާ ވަރަށް ކައިރި ނަމަވެސް އެއީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދެވެ.
އިޓްލޮސް އިން ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑައެޅުމުން، ދެކުނުން ރާއްޖެއަށް ލިބޭ 200 ނޯޓިކަލް މޭލުން ބައެއް ގެއްލުނެވެ. ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލެއް ހަމައެއް ނުވެ އެވެ. އެއީ 1976 ވަނަ އަހަރު އިންޑިއާ، ރާއްޖެ އަދި ލަންކާއާ ދެމެދު ބޯޑަރު ބެހުމުގެ އެގްރިމެންޓުން ކަނޑައެޅި ގޮތެކެވެ.
އިނގިރޭސި ސަރުކާރުން މޮރިޝަސް އާއެކު ހެދި އެއްބަސްވުމަށް ޓްރަމްޕުގެ ރުހުން އޮތްކަން ހާމަކުރެއްވީ ދިވެހި ސަރުކާރުން އެ ނިންމުން ބަލައިނުގަނެ 200 މޭލުގެ ސަރަހައްދެއް ބެލުމަށް އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.
އޭގެ ފަހުން އިނގިރޭސި ސަރުކާރުން ވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ގުޅިގެން ރާއްޖެއިން ހިއްސާކުރި ކަންބޮޑުވުންތައް ބަލައިނުގަނެ އެ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment