about 2 hours 0
ލީވާން އަލީ ނާސިރު
ވިލިމާލެ: އެ ރަށަށް ދުންފުހުގެ އަސަރު މިއަދު ކުރަމުންދަނީ ނުރައްކާވާ މިންވަރަށް -- ފޮޓޯ: އަދަދު
about 2 hours 0
ވިލިމާލެއަށް ވައި ނުސާފު މިންވަރު 163 އަށް އަރައި، ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުހުގެ އަސަރު މިއަދު ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގޮތުގައި ވިލިމާލެއަށް މިއަދު ދުންފުހުގެ އަސަރުކުރަމުންދަނީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ކުރާ ވަރަށް ކަމަށެވެ.
ވިލިމާލޭގެ އިތުރުން ދުންފުހުގެ އަސަރު މިއަދު ދެން އެންމެ ބޮޑަށް ކުރަމުންދަނީ މާލެ އާއި ކުޅުދުއްފުށި ސިޓީއަށެވެ. އެއީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވާ މިންވަރަށެވެ.
މެޓް އޮފީހުން ބުނީ ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދަނީ ކުރަމުން ކަމަށާއި ދުރުފެންނަ މިންވަރު ތިން ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށެވެ.
ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
އެގޮތުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
އިރުވައި މޫސުމުގައި އިންޑިއާގެ ހިމާލިޔާ މަތިން ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކަށް އަންނަ ދުމުގެ ރާއްޖެއަށް ވެސް ފޯރަ އެވެ. އެގޮތުން އިރުވައި މޫސުން ނިމެންދެން ދުންފުހުގެ އަސަރު ކުރަމުންދެ އެވެ.
މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާވަރު ބޮޑުކަން ފާހަގަކުރެވެ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކަށް ބައެއް ދުވަސްތަކުގައި ނުރައްކާވާ މިންވަރަށް އެ އަސަރު ކޮށްފައިވެ އެވެ.
Comment