15 ފެބުރުވަރީ 2026 - 10:58 1
ލީވާން އަލީ ނާސިރު
ފެހިކަން ގަދަ ވިލިމާލެ -- ފޮޓޯ: އަދަދު
15 ފެބުރުވަރީ 2026 - 10:58 1
މާލެ ސަރަހައްދުގައި އޮތް އެންމެ ހިތްފަސޭހަ، އަދި ދިވެހިރާއްޖޭގެ ރަށްތަކަށް ހާއްސަ "ޖަޒީރާ" ސިފަތައް އެންމެ ފުރިހަމައަށް ފެންނަން އޮތް ވިލިމާލެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ އަދި އުމްރާނީ ގޮންޖެހުންތަކުން އެރަށް ސަލާމަތްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ވ. ވިއަރެސް، އަބްދުﷲ ހުސައިން ރަޝީދު ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ ވިލިމާލެއަކީ މާލޭގެ ކާރުބާރު ބޮޑުކަމާއި، ތޮއްޖެހުމާއި، ވައިގެ ނުސާފުކަމުން ސަލާމަތްވެފައިވާ "ފެހި" ރަށެއްގެ ގޮތުގައި މިހާތަނަށް ދެމިއޮތް ނަމަވެސް، ފަހަކަށް އައިސް ތަންފީޒުކުރެވެމުންދާ ބައެއް ސިޔާސަތުތަކުގެ ސަބަބުން އެރަށުގެ އަސްލު ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
"ތަރައްގީގެ ނަމުގައި ހިނގަމުން އަންނަ ބައެއް ކަންތައްތައް ވިސްނުމެއްނެތި ތަންފީޒުކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު މުޅި ވިލިމާލެއަށް ކޮށް ރަށުގެ ހާއްސަ ހުރިހާ ސިފަތަކެއް ނެތި ހިނގައިގޮސް އަނެއްކާވެސް މާލެފަދަ ތަނެއް ހެދިދާނެކަމުގެ މަލަމަތި ވަނީ ފެންނަން ފަށާފަ،" ޕެޓިޝަންގައި ބުނެފައިވެ އެވެ.
ވިލިމާލެ -- ފޮޓޯ:އަދަދު
އެހެންވެ، ހައްލު ހޯދުމަށް އަބްދުﷲ ހުސައިން ރަޝީދު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި:
ވިލިމާލެ ބަނދަރުމަތި. -- ފޮޓޯ: އަދަދު
ވިލިމާލޭގެ ބަގީގެ ހިދުމަތް ބޮއްސުންލުމުގެ ސަބަބުން އުފެދުނު "ސައިކަލު ސަގާފަތް" މިހާރު ވަނީ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށްޓަކައި 200 އަހަރުވީ ގަސްތައް ކެނޑުމަށް ނިންމާ ނިންމުންތަކަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މަޖިލީހަށް ޕެޓިޝަން ހުށަހެލުމުގެ އުސޫލުގައިވާ ގޮތުން ޕެޓިޝަނެއް ކުރިއަށް ގެންދެވޭނީ މަދުވެގެން 500 މީހުންގެ ސޮއި ހޯދައި އެ ޕެޓިޝަން ހުށަހަޅަން މެންބަރަކު ހޯދުމުންނެވެ. ނަމަވެސް އާބާދީގެ 0.2 ޕަސެންޓު (840 މީހުން)ގެ ސޮއި ލިބުމުން އެ މައްސަލައެއް ސަރުކާރުގެ ސަމާލު ކަމަށް ގެންނާނެ އެވެ. އަދި 0.5 ޕަސެންޓު (2100 މީހުން)ގެ ސޮއި ލިބިއްޖެ ނަމަ އެ މައްސަލައަކަށް މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާނެ އެވެ.
Comment