Advertisement

ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ފުލުހުންގެ ސީނިއާ ސާޖަންޓަކު ހައްޔަރުކޮށްފި

about 1 hour 0

ފުލުހުންގެ ވެހިކަލެއްގައި ފުލުހުންތަކެއް ދަނީ


ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ފުލުހުންގެ ސީނިއާ ސާޖަންޓަކު ހައްޔަރުކޮށްފި

about 1 hour 0

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ވަގަށް ނެގި މައްސަލާގައި ސީނިއާ ސާޖަންޓު ރޭންކުގައި ހުރި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް މަދުވެފައިވާ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މީހާ ހައްޔަރުކުރީ އޭގެ ތެރެއިން ކޮން މައްސަލައެއްގެ ތުހުމަތުގައި ކަމެއް ފުލުހުން ނުބުނެ އެވެ.

"ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ)، މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް. މައްސަލައާ ގުޅިގެން މި މުވައްޒަފު ވަނީ ސަސްޕެންޑް ކުރެވިފައި،" މިރޭ ފުލުހުން ބުނެފައިވެ އެވެ.

އެ ދެ މައްސަލަވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެއިތުރުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ވެސް އެ ދެ މައްސަލަ ދަނީ ބަލަމުންނެވެ.

"މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި."

އެއް މައްސަލައަކީ މެއި 23، ގައި 32 ސިނގިރޭޓު ކާޓަން ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ގެނެސްފައި ވަނިކޮށް، އޭގެ ތެރެއިން ހަ ސިނގިރޭޓު ކާޓަން މަދުކަން އެނގުނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މީގެއިތުރުން ދެ ބިދޭސީއެއްގެ އަތުން ޑިސެމްބަރު 23، 2024، ގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި 25 ސިނގިރޭޓު ކާޓަން ގެއްލިފައިވާކަން ވެސް މި މަހުގެ 12، ވަނަ ދުވަހު އެނގުނެވެ.