3 ފެބުރުވަރީ 2026 - 18:19 0
ލީވާން އަލީ ނާސިރު
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އުރީދޫ
3 ފެބުރުވަރީ 2026 - 18:19 0
އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާއެކު ހެދި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިއްޖެ އެވެ.
އުރީދޫއިން ބުނީ 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ބަންޑަލް އުރީދޫ އެޕް މެދުވެރިކޮށް 50،000 ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"ޓެމޫއާ އެކު މި ޕާޓްނަރޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށ އެޅުނު އިތުރު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވެ އެވެ.
މި އޮފާއާއެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަ އަދި އަތްފޯރާ ފަށުގައި ގަނެވޭނެ ކަމަށާއި ރޯދަ މަހަށް ތައްޔާރުވުމަށް ދިވެހިންގެ ތެރޭގައި ކުރާ ވިޔަފާރިއަށް މީގެ ސަބަބުން ފުރިހަމަކަމެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ އާއި ޓެމޫ ގުޅިގެން ހަދާފައިވާ މި ޕާޓްނާޝިޕަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާޢްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ބާރުދޭ އެއްބަސްވުމަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Comment