about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
އުރީދޫ ކަރާ ފެޅުން ގޭމް މިހާރު އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ކުޅެވޭއިރު، އޭގައި މި އަހރު ހިމެނެނީ ރަތް ލަޝްކަރާއި ނޫ ލަޝްކަރެވެ.
އުރީދޫއިން ބުނީ ގޭމް މިފަހަރު ފަރުމާކޮށްފައިވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި، ޓީމް ވޯކް އަދި ހިތްގައިމު އިނާމުތައް އެކުލެވިގެންވާ ގޮތަށް ކަމަށެވެ.
ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބިގެންދާއިރު، އެ އިނާމުތަކުގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެ އެވެ.
މީގެއިތުރުން ލިބޭ އިނާމުތަކުގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ވެސް ހިމެނެ އެވެ.
ރޯދަ މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000ރ. ގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބެ އެވެ.
ކަރާ ފެޅުން ގޭމް އަކީ ރޯދަ މަސް ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
Comment