16 ފެބުރުވަރީ 2026 - 19:19 0
ލީވާން އަލީ ނާސިރު
16 ފެބުރުވަރީ 2026 - 19:19 0
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ކަރާ ފަޅުން" ޕްރޮމޯޝަން، މިއަހަރުވެސް އާދަޔާހިލާފު ބޮޑެތި އިނާމުތަކާއި ހަދިޔާތަކާއެކު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މިއަހަރުގެ އަމާޒަކީ ކަސްޓަމަރުންނަށް ތަފާތު، މަޖާ އަދި އާއިލީ ގުޅުން ބަދަހިވާނެ ފަދަ ތަޖުރިބާތަކެއް "ކަރާ ފެޅުން" ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
މިއަހަރުގެ އެންމެ ހާއްސަ އެއް ބަދަލަކީ "ކަރާ ކުއެސްޓް" އެވެ. މިއީ މެޕުން ދައްކާ ވަކި ތަނަކަށް ގޮސްގެން ކަރާ ފެޅުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.
މީގެ އިތުރުން، މިއަހަރުގެ ގޭމް ފަރުމާކޮށްފައިވަނީ އާއިލާ އާއި ރައްޓެހިންނާއެކު ބައިވެރިވެވޭ ގޮތަށް "ޓީމް" ބޭސްޑް ކޮށްގެންނެވެ. މުޅި ރާއްޖެ ދެ ބަޔަކަށް ބަހާލައި، ކޮންމެ ކަސްޓަމަރަކުވެސް "ރަތް ލަސްކަރު" ނުވަތަ "ނޫ ލަސްކަރު" ގެ ތެރެއިން ޓީމެއްގައި ހިމެނިގެން ވާދަވެރިކަމާއެކު ކުރިއަށް ދެވޭނެއެވެ. މިއީ އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެންމެން އެކުވެގެން ކުރިއަށް ގެންދާ ފޯރިގަދަ ހަރަކާތެކެވެ.
"މިއަހަރުގެ ރޯދަމަހާ ދިމާކޮށް، އާންމުންގެ މެދުގައި މަގުބޫލު “ކަރާފެޅުން” ގޭމް މިފަހަރު އުރީދޫއިން މި ގެނެސްދެނީ ކުރިއަށްވުރެ ފޯރިގަދަކޮށް، މުޅިން އާ ފީޗާސްތަކަކާއެކު. މިފަހަރުގެ ގޭމްގައި އޮތް އެންމެ ހާއްސަ އެއް ކަމަކީ،”ކަރާ ކުއެސްޓް”، މެޕުން ދައްކާ ތަނަކަށް ގޮސްގެން ކަރާ ފެޅުން،" ނިޔާޒު ވިދާޅުވި އެވެ.
މިއަހަރުގެ "ކަރާ ފެޅުން" ގޭމް ކުޅެގެން ނަސީބުވެރި ފަރާތަކަށް ލިބޭ އެންމެ ބޮޑު އިނާމަކީ 100,000 ރުފިޔާގެ އަގުހުރި "ކްރިއޭޓަރ ބަންޑްލް" އެކެވެ. މި ޕެކޭޖުގެ ތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯ، މެކްބުކް، އައިޕެޑް، ޑްރޯން، އޮސްމޯ ޕޮކެޓް ކްރިއޭޓާ އެކެވެ.
މީގެ އިތުރުން، ކަރާ ފަޅާ ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެވެސް ކަހަލަ އިނާމެއް ލިބޭނެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ވެސް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު 1ޖީބީ (4 ގަޑިއިރަށް) ފަދަ ޑޭޓާ އިނާމުތައް ހިމެނެއެވެ.
"މި ގޭމް މެދުވެރިކޮށް އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އުފާވެރި ރޯދަމަހަކަށް ވެގެންދިޔުން،" ނިޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އޫކްލާ އެވޯޑް ހޯދި ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ޝަރަފާއެކު، އުރީދޫއިން ވަނީ ރަމަޟާން މަހަށް ހާއްސަކޮށް ސުޕަނެޓް ޕެކޭޖުތަކުގެ ސްޕީޑް އިތުރުކޮށްދީފައެވެ. އެގޮތުން؛
މި ބަދަލަކީ އެއްވެސް އިތުރު ފީއަކާ ނުލައި، އޮޓޮމެޓިކުން ކަސްޓަމަރުންނަށް ލިބިގެންދާނެ އަޕްގްރޭޑެކެވެ.
މީގެ އިތުރުން ވެސް ގިނަ ހަދިޔާތަކެއް ލިބެ އެވެ.
Comment