Advertisement

އޫކްލާ އެވޯޑް: ރާއްޖޭގެ އެންމެ ހަލުވި ފިކްސްޑް ނެޓްވޯކްގެ ޝަރަފު އުރީދޫ އަށް

16 ފެބުރުވަރީ 2026 - 18:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އޫކްލާ އެވޯޑް: ރާއްޖޭގެ އެންމެ ހަލުވި ފިކްސްޑް ނެޓްވޯކްގެ ޝަރަފު އުރީދޫ އަށް

16 ފެބުރުވަރީ 2026 - 18:21 0

ދުނިޔޭގެ އެންމެ މަގުބޫލު އިންޓަނެޓް ސްޕީޑްޓެސްޓް ހިދުމަތް ކަމަށްވާ އޫކްލާ އިން ހޮވާ ރާއްޖޭގެ "ބެސްޓް ފިކްސްޑް ނެޓްވޯކް" ގެ ޝަރަފު އުރީދޫ މޯލްޑިވްސް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.

މިއީ ރާއްޖޭގެ މުވާސަލާތީ ތާރީހުގައި ވެސް މި އެވޯޑް ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިއީ އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކްގެ ވަރުގަދަކަމާއި، ހަލުވިމިނުގެ އިތުރުން ހިދުމަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ދީފައިވާ ޝަރަފެކެވެ.

މި އެވޯޑާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ މިއަދު ވިދާޅުވީ، މިއީ "ޑިޖިޓަލް މޯލްޑިވްސް" އެއް ބިނާ ކުރުމަށް އެ ކުންފުނިން ކުރަމުންދާ ދަތުރުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.

"މި ޝަރަފަކީ އަޅުގަނޑުމެންގެ ޓީމުގެ ބުރަ މަސައްކަތާއި، ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރުގެ ރަމްޒެއް. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ އަމާޒަކީ އާއިލާތަކާއި މުޖުތަމައުތައް ގުޅުވައިދޭނެ ފަދަ މާނަހުރި ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުން،" ޝާދީ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ސީއީއޯ ޝާދީ އާއި ސީސީއޯ ނިޔާޒު އަދި އެސިސްޓެންޓު މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިއުނާ


އުރީދޫ އިން އަންނަނީ ރާއްޖޭގެ އިންޓަނެޓްގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ވަނީ އުރީދޫގެ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ "ޕީސް ކޭބަލް" ރާއްޖެއާ ގުޅާލައި، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ޑޭޓާ ޓްރެފިކް ހަލުވިކޮށް، ލޭޓެންސީ ދަށްކުރުމަށް ބޮޑު މަސައްކަތެއް ކޮށްފަ އެވެ. އަދި މޯބައިލް ބްރޯޑްބޭންޑްގެ އިތުރުން ފިކްސްޑް ވަޔަރލެސް އެކްސެސްގެ ގޮތުގައި 5ޖީ ގެ ހިދުމަތް ވެސް އަންނަނީ ފުޅާކުރަމުންނެވެ.

އޫކްލާ ސްޕީޑްޓެސްޓް އެވޯޑަކީ ކޮބާ؟

އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަކީ ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން ބަޔަކު އަމިއްލައަށް ހަދާ ޓެސްޓުތަކުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ. މިއީ އެއްވެސް ކުންފުންޏަކުން ދޭ މައުލޫމާތަށް ބިނާކުރުމުގެ ބަދަލުގައި، ކަސްޓަމަރުންނަށް އަމަލީ ގޮތުން ލިބޭ އިންޓަނެޓްގެ ދުވެލި ވަޒަންކޮށްގެން ދޭ އެވޯޑަކަށް ވާތީ، މިއީ މާކެޓުގައި ނެޓްވޯކެއްގެ ފެންވަރު ވަޒަންކުރާ އެންމެ އިތުބާރު ހުރި މިންގަނޑެވެ.